މާލޭ މޭރީބްރައުން ކުރިމަތީ ޕާކުކޮށްފައި އޮތް ކާރެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ނިއްވާލައިފި އެވެ.
އެމްއެންޑީއެފް އިން މިކަން ހާމަކޮށްފައި ވަނީ އެ އިދާރައިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގަ އެވެ.
އެ ޕޯސްޓްގައި ބުނެފައި ވަނީ، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް މިއަދު 11:48 ހާއިރު އެ ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަަމަށެވެ.
އެގޮތުން، ފަޔަރ ފައިޓަރުން ކުރި މަސައްކަތުން ކާރުގައި ރޯވި އަލިފާން ނިއްވާލެވުނީ މިއަދު 12:56 ހާއިރު ކަމަށްވެސް އެމްއެންޑީއެފް އިން ބުނެފައިވެ އެވެ.
އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މަޢުލޫމާތެއް ލިބިފައިނުވާ ކަމަށްވެސް އެމްއެންޑީއެފް އިން ބުނެފައިވެ އެވެ.