މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައި ހަވާ އެރުވަން ވަނީ ހަމަޖެހިފަ އެވެ.
އެމްއެންޑީއެފް އިން މިކަން ހާމަ ކޮށްފައި ވަނީ އެ އިދާރާއިން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
އެ ޕޯސްޓުގައި ބުނެފައި ވަނީ، ހުޅުމާލެ ސެންޓްރަލް ޕާކުގައި މިރޭ 20:30 ގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ހަރަކާތަކީ ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ކުރިޔަށް ގެންދާ ހަރަކާތެކެވެ.
އަދި ހަވާ އެރުމުން ކުރިޔަށް ގެންދާނީ 2 މިނެޓަށް ކަމަށްވެސް އެމްއެންޑީއެފް އިން ބުނެފައިވެ އެވެ.