ސަރުކާރުން މަސްވެރިންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ކުރިޔަށްގެންދާ ”މަސްވެރިންގެ ގުންޒަރު“ ގެ ދެވަނަ ފޯރަމް މިއަދު ފަށައިފި އެވެ.
މި ފޯރަމް އިންތިޒާމުކޮށްފައިވަނީ ފިޝަރީޒް މިނިސްޓްރީ އާއި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގުޅިގެންނެވެ. މި ފޯރަމް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ 2 ދުވަހުގެ މުއްދަތަކަށެވެ.
މި އަހަރުގެ ގުންޒަރުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވޭނީ މަސްވެރި ސިނާއަތުގައި ހުރި ގޮންޖެހުންތައް ޙައްލު ކުރުމަށާއި، މި ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ކުރަމުންގެންދާ އަދި ކުރިއަށް ރޭވިފައިވާ އެކި ކަންކަމާ ގުޅޭގޮތުންނެވެ.
މިއަދުގެ ފުރަތަމަ ސެޝަންގައި، މަސްވެރިންގެ ކަންބޮޑުވުންތަކާއި މަސްވެރިކަމުގެ ސިނާޢަތުގައި ހުރި ގޮންޖެހުންތައް ޙައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާމެދު މަޝްވަރާކޮށްފައިވެއެވެ. މީގެ އިތުރުން، މަސްވެރިންނާއި ގުންޒަރުގެ އެހެން ބައިވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ޕެނަލްއެއް ބޭއްވުނެވެ. މި ޕެނަލްގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް، މިފްކޯގެ ޗީފް ފައިނޭންޝަލް އޮފިސަރ އިލްޔާސް ހަނީފް، އަދި އެހެނިހެން އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މިނިސްޓަރު އަހްމަދު ޝިޔާމް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)