އުރީދޫ އިން ހައްޖު ކޯޕަރޭޝަންގެ ކޮންޓެކްޓް ސެންޓަ ސޮލިއުޝަން ގާއިމްކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

އުރީދޫ މޯލްޑިވްސް އިން މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ކޮންޓެކްޓް ސެންޓަ ސޮލިއުޝަން ގާއިމްކޮށްފި އެވެ.

އުރީދޫ އިން ބުނީ މިއީ ކަސްޓަމަރުންނަށް ދެމުންދާ ހިދުމަތްތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ހައްޖާޖީންނަށް މެދުނުކެނޑި މުއާމަލާތްކުރުމާއި ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

އުރީދޫ އިން ބުނީ، އެ ކުންފުނީގެ ޓަޔާ ތިނެއްގެ ޑޭޓާ ސެންޓަރުގެ ބޭނުން ހިފައި، ކޮންޓެކްޓް ސެންޓާ ސޮލިއުޝަނުން، ޕީކް ސީޒަންތަކުގައި ކޯލް ވޮލިއުމް މަތިވުމާއި، އައިޓީ ވަސީލަތްތައް މަދުވުމާއި، ދުވަސްވީ ޕީބީއެކްސް ސިސްޓަމްތައް ފަދަ ހައްޖު ކޯޕަރޭޝަނަށް ދިމާވެފައިވާ އޮޕަރޭޝަނަލް މުހިންމު ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުން ކަަމަށެވެ.

އެޑްވާންސް ކޮންޓެކްޓް ސެންޓަރުގެ ފީޗާތަކުގެ ތެރޭގައި ކޯލް ކިއުކުރުމާއި ސްކިލް ބޭސްޑް ރޫޓިން އާއި ރިއަލް ޓައިމް މޮނިޓަރިން އަދި ކޯލް ރެކޯޑިންގެ އިތުރުން ހައްޖު ކޯޕަރޭޝަނަށް ކަސްޓަމަރުންގެ އިންކުއަރީތައް ހަރުދަނާ ގޮތެއްގައި ބެލެހެއްޓުމުގެ ފުރުސަތު ފަހިކޮށްދީ ހިދުމަތުގެ ފެންވަރު ރަނގަޅު ގޮތުގައި ހިފެހެއްޓުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފަ އެވެ.

އެގޮތުން، އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ހާލިދު ހަމާދީ ވިދާޅުވީ، ޙައްޖު ކޯޕަރޭޝަނުން ހައްޖަށްދާ ހައްޖުވެރިންނަށް ފުރިހަމަ ގޮތުގައި ހިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތުގައި އެއްބާރުލުން ދިނުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

ހައްޖު ކޯޕަރޭޝަން އުރީދޫ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ