އޮމާންގެ ފިނޭންސް މިނިސްޓަރު ސުލްތާން ބިން ސަލީމް ބިން ސައީދު އަލް ހަބްސީއާ މިއަދު ބައްދަލު ކުރެއްވުމަކީ ލިބުނު އުފަލެއް ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މިހެން ވިދާޅުވެފައި ވަނީ، މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
އެ ޕޯސްޓުގައި މިނިސްޓަރ ވިދާޅުވެފައި ވަނީ، އިންވެސްޓްމަންޓް ފުރުސަތުތައް ހިމެނޭ ގޮތަށް ސަރުކާރުގެ ތަރައްޤީގެ ސިޔާސަތުތަކާ ބެހޭގޮތުން މަޝްވަރާކޮށް، އޮމާނާއެކު އަލުން އެއްބާރުލުން ދިނުމުގެ ފުރުޞަތުތައް ހޯދައިފައިވާ ކަމަށެވެ.
އެގޮތުން، މިނިސްޓަރ އޮމާންގެ ފިނޭންސް މިނިސްޓަރާއި ބައްދަލު ކުރަށްވާފައި ވަނީ، އޮމާން އަށް މިހާރު ކުރަށްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅެއްގަ އެވެ.
މިނިސްޓަރގެ މި ދަތުރުފުޅަކީ އޮމާންގެ ފޮރިން މިނިސްޓަރ ސައްޔިދު ބަދުރު ބިން ހަމަދު ބިން ހަމޫދު އަލްބުސައީދީގެ ދަވަތަކަށް، އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރަށްވާ ދަތުރުފުޅެކެވެ.

އޮމާން އާ އެކު ރާއްޖޭން ހާރިޖީ ގުޅުން ގާއިމުކޮށްފައިވަނީ 1981 ވަނަ އަހަރުގެ ތެރޭގަ އެވެ.