ޗައިނާގެ ބޮޑެތި ސިޓީތަކަށް ގައުމީ އެއާލައިން މޯލްޑިވިއަން އިން ސީދާ ދަތުރުތައް ބާއްވަން ފަށާނެ ކަމަށް އިއުލާންކޮށްފި އެވެ.
މޯލްޑިވިއަން އިން ވަނީ ޖެނުއަރީ 2025 އިން ފެށިގެން މާލެ އިން ބެއިޖިން، ޝަންހާއީ، އަދި ޗެންގްޑޫ އަށް ސީދާ ދަތުރުތައް ފަށާނެ ކަމަށް އިއުލާންކޮށްފަ އެވެ. 13،000 ކިލޯމީޓަރަށް ދަތުރުކުރެވޭނެ ކެޕޭސިޓީއެއް ލިބިފައިވާ އޭ 330-200 އަކީ އެ އެއާލައިންގެ އޮޕަރޭޝަންތަކަށް ބޮޑު ކުރިއެރުމެކެވެ.
މި މަތިންދާ ބޯޓުުގެ ބިޒްނަސް ކްލާހުގައި 18، ޕްރީމިއަމް އިކޮނޮމީގައި 36، އަދި އިކޮނޮމީ ކްލާހުގައި 210 ގޮނޑި ހުންނާނެ އެވެ. މި ވައިޑް ބޮޑީ މަތިންދާބޯޓާއެކު ފުރަތަމަ ދަތުރުތައް ޗައިނާގެ ބޮޑެތި ސިޓީތަކަށް ކުރުމަށް ހަމަޖެހިފައިވާއިރު، މިއީ ދެ ގައުމުގެ މެދުގައި ފަތުރުވެރިކަން އިތުރުކޮށް ފަތުރުވެރިކަން ކުރިއެރުވުމަށް އެ އެއާލައިނުން ކުރާ މަސައްކަތެވެ.
ދާދި ފަހުން ބެއިޖިންގައި ލޯންޗް އިވެންޓެއް ބާއްވައި، ރާއްޖެ އާއި ޗައިނާއިން މަޝްވަރާތަކެއް ބާއްވާފައި ވެއެވެ. މި މަޝްވަރާތަކުގައި ބޮޑަށް އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ފަތުރުވެރިކަމުގެ ގުޅުން ބަދަހިކޮށް، އާ ފްލައިޓް ރޫޓްތައް މެދުވެރިކޮށް ފަތުރުވެރިން އިތުރުކުރުމެވެ.