އަމީނަށް ހެދި ގޮތް ރައީސަށް ހަދަން ގޮވާލި މައްސަލައިގައި ފިޔަވަޅު އެޅުމަށް ގޮވާލައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގެ އެންމެ ފުރަތަމަ ޖުމްހޫރިއްޔާގެ ދަށުން ވެރިކަން ކުރެއްވި މުހައްމަދު އަމީން ދީދީއަށް ހެދި ގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ހެދުމަށް އެމްޑީޕީއަށް ނިސްބަތްވާ ފަރާތަކުން ބުނި މައްސަލައިގައި ފިޔަވަޅު އެޅުމަށް ޕީއެންސީ އިން ގޮވާލައިފި އެވެ.

އިއްޔެ ނެރުނު ބަޔާނެއްގައި ޕީއެންސީ އިން ވަނީ ޓެރަރިޒަމަށް ހިތްވަރުދިނުމަށް އެމްޑީޕީ އިން ދައްކަމުންދާ ވާހަކަތައް ކުށްވެރިކުރުމަށް ގޮވާލާފަ އެވެ. ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީނާއިމެދު ނަފްރަތު އުފެދޭ ޒާތަށް އެމްޑީޕީގެ ބައެއް ފަރާތްތަކުން ވާހަކަދައްކާފައިވާ ކަމަށް ޕީއެންސީ އިން ބުންޏެވެ. އަމީން އަވަހާޜަކޮށްލި ގޮތަށް ރައީސް މުއިއްޒަށްވެސް ހެދުމަށް އެމްޑީޕީ އިން ޕޯޑިއަމްތަކުގައި ދައްކާ ވާހަކަ ޕީއެންސީ އިން ކުށްވެރިކުރި އެވެ.

ޕީއެންސީގެ ބަޔާނުގައި ވިދާޅުވީ، ރައީސް އަމީނާއި މެދު ކަން ހިނގާދިޔަ ގޮތަކީ ރާއްޖޭގެ ސިޔާސީ ތާރީހުގައި އަނދިރި ސަފްހާއެއް ކަަމަށެވެ. އަދި މިއަދު ގާއިމްކުރެވިފައިވާ ދުސްތޫރީ ނިޒާމްގެ އެންމެ މުހިންމު އެއް ބޭނުމަކީ ސިޔާސީ ކަންކަމުގެ ތެރެއަށް އަނިޔާވެރިކަމާއި، ހަމަނުޖެހުމާއި ނަފްރަތު ވަނަނުދީ، ސިޔާސީ މަސައްކަތްތައް ޑިމޮކްރެޓިކް ހަމަލާތަކުގެ ތެރެއިން ކުރިއަށްގެންދެވޭނެ އިންތިޒާމްތައް ހަމަޖެއްސުން ކަމަށާއި، އެއީ އިހުގައި ދިވެހި ސިޔާސީ މަސްރަހުން ފެނިފައިވާ އަނިޔާވެރި އަމަލުތައް އިއާދަވިޔަނުދިނުމަށް ތަރުތީބު ކުރެވިފައިވާ ނިޒާމެއް ކަމަށްވެސް ބުނެފައި ވެއެވެ.

”މި ނިޒާމުގެ އަސާސުތަކާއި ހިލާފަށް އަނިޔާވެރިކަމަށް ހިތްވަރުދީ އެމްޑީޕީގެ ޕޯޑިއަމެއްގައި ޕާޓީގެ އާއްމު މެންބަރަކު ދެއްކި ވާހަކަ ކުށްވެރި ކުރުމުގެ ބަދަލުގައި، އެ ޕާޓީގެ ޗެއާޕާސަންް ފައްޔާޒް އެ ވާހަކަތަކަށް އިތުރު ހިތްވަރު ދެއްވައި ވާހަކަދެއްކެވުމަކީ ނުރައްކާތެރި އަަމަލެކެވެ،“. އެ ބަޔާނުގައި ވެއެވެ.

އޭގެ އިތުރުން މިފަދައިން މީހަކާއި މެދު އަނިޔާވެރި އަމަލުތައް ހިންގުމަށް ބާރުދީ ވާހަކަދެއްކުމަކީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކުށަކަށްވާތީ، ފައްޔާޒު އަދި އެމްޑީޕީގެ އާންމު މެންބަރުން ހިންގެވި މި އަމަލު ގާނޫނު ތަންފީޒު ކުރާ އިދާރާތަކުން ތަހުގީގުކޮށް، ގާނޫނީ އިމުގެ ތެރެއިން އަޅަން ޖެހޭ ފިޔަަވަޅުތައް އެެޅުމަށް އެ ޕާޓީން ގޮވާލާ ކަަމަށްވެސް އެ ބަޔާނުގައި ވެެއެވެ.

ކޮންގްރެސް ޕާޓީ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ