ބަންޑާރަ ނައިބު އަހުމަދު އުޝާމް ދިރިއުޅުއްވާ ގެއަށް ’ބޭގެއް‘ ހިފައިގެން ހޯމް މިނިސްޓަރު އަލީ އިހުސާން ވަޑައިގެންނެވީ ކެއުމަކަށް އިންސާފުކޮށްލުމަށްކަން ހާމަވެއްޖެ އެވެ.
މިރޭގެ ވަގުތެއްގައި އެކްސްގައި ކާކުކަން ނޭނގޭ ގޮތަށް ހިންގަމުންދާ އެކައުންޓަކުން ވަނީ އުޝާމްގެ ގެއަށް މިނިސްޓަރު އިހުސާން ’ބޭގެއް‘ ހިފައިގެން ވަދެ ވަޑައިގެންފައިވާކަމަށް ބުނެ ޕޯސްޓެއްކޮށްފަ އެވެ.
އެ ޕޯސްޓް ކުރިތާ އިރުކޮޅެއް ފަހުން އުޝާމް ވަނީ މިނިސްޓަރު އިހުސާންގެ ފޮޓޯއެއް އެކްސްގައި ހިއްސާ ކުރައްވާފަ އެވެ. އެ ފޮޓޯގައި ފެނިގެން ދަނީ މިނިސްޓަރު އިހުސާން ކޮތަޅަކުން ކުކުޅު ޕާރުސަލްތަކެއް ނަންގަވާ މަންޒަރެވެ. އެ ފޮޓޯ އުޝާމް ދޫކޮށްލެއްވީ މިރޭގެ ފަރިއްކޮޅަށް މިނިސްޓަރަށް ޝުކުރު އަދާ ކުރައްވަމުންނެވެ. އަދި ”މި ކުކުޅަކީ މާލެއިން ލިބޭނެ އެންމެ މީރުކަން 100 ޕަސެންޓް ޔަގީން“ ކަމަށްވެސް އުޝާމް ވިދާޅުވި އެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން ބަންޑާރަ ނައިބް އަހުމަދު އުޝާމް