ޑުބާއީ އާއި ތައިލެންޑުން އާސަންދަ ހަމަޖެއްސުމަށް އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
އާސަންދައިން ބުނީ އާސަންދަ ސްކީމުގެ ދަށުން ބޭސްފަރުވާ ހޯދަން ބަލިމީހުން ފޮނުވުމަށް ޑުބާއީގެ ބުރްޖީލް މެޑިކަލް ސިޓީ އާއެކު އާސަންދަ ކުންފުނީގެ ފަރާތުން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން އާސަންދަ ސްކީމުގެ ދަށުން ބޭސްފަރުވާ ހޯދަން ބަލިމީހުން ފޮނުވުމަށް ތައިލޭންޑުގެ ދަ ވޯރލްޑް މެޑިކަލް ހޮސްޕިޓަލާއެކު އާސަންދަ ކުންފުނީގެ ފަރާތުން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށްވެސް އެ ކުންފުނިން ބުނެ އެވެ.
— އިތުރު ތަފްސީލް އަންނަނީ —