ފައްޔާޒްގެ ގޮވާލުމަކީ ޖާނީ އުދުވާނަކަށް ގޮވާލި ގޮވާލުމެއް: މިނިސްޓަރު ޝިޔާމް

Advertisement

Advertisement

އެންމެ ފަސް

Advertisement

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ ގޮވާލުމަކީ ނުރައްކާތެރި ޖާނީ ޢުދުވާނަކަށް ގޮވާލި ގޮވާލުމެއްކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝިޔާމް މިހެން ވިދާޅުވެފައިވަނީ، އެމްޑީޕީގެ އާންމު މެންބަރަކު ކުރީގެ ރައީސް މުހައްމަދު އަމީންއަށް ވީގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ވެދާނެ ކަމަށް ބުނި ބުނުމަކީ ނަސޭހަތެއްގެ ގޮތުގައި ބުނި އެއްޗެއް ކަމަށް ވިދާޅުވެ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އެ މެންބަރުގެ ވާހަކަތައް ދިފާއުކުރެއްވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ފައްޔާޒް ވަނީ ”ރައްޔިތުންނަށް ދެރަ ދިނީމާ ހަމަ މުހައްމަދު އަމީންއަށް ހެދިގޮތް ހަދަން ޖެހޭނީ، އެހެން ކޮން ގޮތެއްތޯ ހަދާނީ. އެއީ ދިވެހިރާއްޖޭގެ ތާރީހު ދައްކާފައި އޮތް ހަގީގަތް،“ ކަމަށް ވިދާޅުވެފަ އެވެ.

ޝިޔާމް ވިދާޅުވީ ފައްޔާޒްގެ ވާހަކައަކީ ސިޔާސީ ޕާޓީއެއްގެ ޗެއަރޕާސަނެއްގެ ފަރާތުން އިވިދާނެ އެންމެ ދެރަވަރު ވާހަކަ ކަމަށެވެ.

މިއީ ސިޔާސީ ވާހަކައެއް ނޫން. މިއީ ވަރަށް ސީރިއަސް ނުރައްކާތެރި ޖާނީ ޢުދުވާނަކަށް ގޮވާލި ގޮވާލުމެއް.

މިފަދަ ވާހަކަތަކަށް ދިވެހި މުޖުތަމަޢުގައި ޖާގަ ދެވިގެން ނުވާނެ ކަމަށްވެސް ޝިޔާމް ވިދާޅުވި އެވެ.

މީގެ އިތުރުން ފައްޔާޒްގެ ބަސްތަކަކީ ސިޔާސީ ޕާޓީތަކުގެ އަސާސްތަކާ ޚިލާފު، ޓެރަރިޒަމަށް ހިތްވަރުދޭ ޢަމަލެއްކަމަށް ވިދާޅުވެ މި މައްސަލަ ބެލުމަށް އިލެކްޝަންސް ކޮމިޝަނަށާއި ފުލުހުންނަށް ޝިޔާމް ވަނީ ގޮވާލައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެމްޑީޕީ މިނިސްޓަރު އަހްމަދު ޝިޔާމް ފައްޔާޒް އިސްމާއިލް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ