އޮފީހަކުން އަގުހުރި ސާމާނު ވަގަށް ނެގި މީހެއްގެ ބަންދަށް 15 ދުވަސް ޖަހައިފި ކަމަށް ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.
ފުލުހުން ބުނީ ހ. ފިލިމާގެ ގްރައުންޑް ފްލޯގައި ހުންނަ އޮފީހަކުން ވައްކަންކޮށްފައިވާ މައްސަލައެއް އިއްޔެގެ ވަގުތެއްގައި އެ މުއައްސަސާއަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި މައްސަލައާއި ގުޅިގެން ރ. އަލިފުށި/ ހަބީބީހެޕް، އިސްމާއީލް ސާއިފ،ް (39އ) އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށެވެ.
އޭނާ އެ އޮފީހުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ 2 ލެޕްޓޮޕް، 2 އައިފޯން، އިއާޕޮޑް އަދި އަތުކުރި ގަޑި ހޯދައި ވެރިފަރާތާއި ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާއި ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ނެވެ.