ބޮއެގެން ހުރެ ފުލުހަކަށް އިންޒާރުދިން މީހަކު ހައްޔަރުކުރުމަށްފަހު ދޫކޮށްލައިފި އެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ނޮވެމްބަރު 27 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. މަސްތުގެ ހާލަތުގައި ހުރި މި ފިރިހެނާ ވަނީ ފުލުހަކަށް އިންޒާރުދީ، ބިރުދައްކައި އަދި ހަޑިހުތުރު ބަހުން މުޢާމަލާތްކޮށްފަ އެވެ.
ފުލުހުން އިތުރަށް ހާމަކުރި ގޮތުގައި، މި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ނޮވެމްބަރު 28 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ ޝަރުތުކުރުމަށްފަހު އޭނާ ދޫކޮށްލާފަ އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު މީހާއަށް ފުލުހުންގެ ބަންދުގައި ހުރިއިރު އަނިޔާކުރި ކަމުގެ އެއްވެސް ޝަކުވާއެއް މިހާތަނަށް ލިބިފައިނުވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. ނަމަވެސް، އެފަދަ ޝަކުވާއެއް އޮތްނަމަ، އެކަން ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ހުށަހެޅުމަށް ފުލުހުން ބާރުއަޅަ އެވެ.
”އަދި އެފަދަ ތަޙްޤީޤުތަކަށް މި ޚިދުމަތުން ފުރިހަމަ އެއްބާރުލުން ދޭނެ ވާހަކަ ދަންނަވަން،“ ފުލުހުން ބުނެފައިވެ އެވެ.