ފައްޔާޒް ގޮވާލީ ސީދާ ޓެރަރިޒަމަށް ހިތްވަރުދޭން: ފައިސަލް

Advertisement

Advertisement

އެންމެ ފަސް

Advertisement

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ގޮވާލެއްވީ ސީދާ ޓެރަރިޒަމަށް ހިތްވަރުދެއްވަން ކަމަށް ޓޫރިޒަމް މިނިސްޓަރ ފައިސަލް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައިސަލް މިގޮތަށް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރާނައަށް ނުރައްކާވާނެ ޒާތަކަަށް އަމަލުކުރުމަށް ފައްޔާޒް ދެއްކެވި ވާހަކައިގެ ރައްދުގަ އެވެ.

ފައިސަލްގެ ޕޯސްޓުގައި ވަނީ މިފަދަ ގޮވާލުންތަކަކީ ސީދާ ޓެރަރިޒަމަށް ހިތްވަރުދީ ހަމަނުޖެހުން އުފެއްދުން ކަމަށް ވިދާޅުވެފަ އެވެ.

”އެއީ ޤާނޫނީ ކުށެއް. މިއީ އެއްގޮތަކަށްވެސް ގަބޫލުކުރެވޭނެ ކަމެއް ނޫން. ޤާނޫނުގެ ޙުކޫމަތު ދެމެހެއްޓުމަށް މިފަދަ އިންޒާރުތައް މުއައްސަސާތަކުން ތަޙްޤީޤުކޮށް ފިޔަވަޅު އަޅަންޖެހޭނެ. މިދަނޑިވަޅުގައި އިދިކޮޅު ޙަރަކާތްތައް ޒިންމާދާރުކަމާއެކީ ޤާނޫނާ ގަވާއިދާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް ގޮވާލަން.“

ފައިސަލް މިހެން ވިދާޅުވެފައިވަނީ، އެމްޑީޕީގެ އާންމު މެންބަރަކު ކުރީގެ ރައީސް މުހައްމަދު އަމީންއަށް ވީގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ވެދާނެ ކަމަށް ބުނި ބުނުމަކީ ނަސޭހަތެއްގެ ގޮތުގައި ބުނި އެއްޗެއް ކަމަށް ވިދާޅުވެ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އެ މެންބަރުގެ ވާހަކަތައް ދިފާއުކުރެއްވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ފައްޔާޒް ވަނީ ”ރައްޔިތުންނަށް ދެރަ ދިނީމާ ހަމަ މުހައްމަދު އަމީންއަށް ހެދިގޮތް ހަދަން ޖެހޭނީ، އެހެން ކޮން ގޮތެއްތޯ ހަދާނީ. އެއީ ދިވެހިރާއްޖޭގެ ތާރީހު ދައްކާފައި އޮތް ހަގީގަތް،“ ކަމަށް ވިދާޅުވެފަ އެވެ.

ފައިސަލްގެ އިތުރުން ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފްއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ސަރުކާރުގެ އިސްވެރިންނާއި އެހެން ޕާޓީތަކުގެ ފަރާތްތަކުންވެސް އަންނަނީ ފައްޔާޒްގެ ވާހަކަތައް ކުށްވެރި ކުރައްމުން ނެވެ.

ކުރީގެ ޓުއަރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ