ކަރަންޓު ބިލުގެ ޖޫރިމަނާ މަޢާފުކުރުމުގެ މުއްދަތު ހަމަވަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން އާންމު ދިރިއުޅުމަށް ބޭނުންކުރާ ހިދުމަތުގެ ކަރަންޓު ބިލުގެ ޖޫރިމަނާ މަޢާފުކުރަން ދީފައިވާ މުއްދަތު ހަމަވާނެ ކަމަށް އިއްޔެ އިޢުލާނުކޮށްފި އެވެ.

ސްޓެލްކޯއިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް، 1 އޭޕްރިލް 2024 އިން ފެށިގެން އާންމު ދިރިއުޅުމަށް ބޭނުންކުރާ ހިދުމަތުގެ ކަރަންޓު ބިލުތަކަށް ޖޫރިމަނާގެ ގޮތުގައި އަރާފައިވާ ފައިސާ މަޢާފުކޮށް، ޖޫރިމަނާއާ ނުލައި ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ.

ސްޓެލްކޯއިން އިތުރަށް ހާމަކޮށްފައިވަނީ، މި ޖޫރިމަނާ މަޢާފުކުރެވޭނީ 31 ޑިސެމްބަރ 2023 ގެ ނިޔަލަށް ހަދާފައިވާ ކަރަންޓު ބިލުތަކުގެ ތެރެއިން ފައިސާ ނުދައްކާ ހުރި ބިލުތަކަށް ކަމަށެވެ. އަދި މި ބިލުތަކުގެ ޕްރިންސިޕަލް އަދަދު (ޖޫރިމަނާއާ ނުލައި ބާކީ އަދަދު) ދެއްކުމުން، 31 ޑިސެމްބަރ 2023 ގެ ނިޔަލަށް ބިލަށް އަރާފައިވާ ޖޫރިމަނާ މަޢާފުކުރެވޭނެ ކަމަށްވެސް ބުނެފައިވެ އެވެ.

ސްޓެލްކޯއިން އިތުރަށް ބުނެފައިވަނީ، ”މި މުއްދަތުގެ ބިލުތަކަށްވާ ފައިސާގެ އަދަދު 31 ޑިސެމްބަރ 2024 ގެ ނިޔަލަށް، ޖޫރިމަނާއާ ނުލައި ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖެހިފައި“ ކަމަށެވެ. މިގޮތުން، ޖޫރިމަނާއާ ނުލައި ބާކީ އަދަދު ދެއްކޭނެގޮތަށް ބިލުތަކަށް ވަގުތީގޮތުން އެޖަސްޓްމަންޓެއް ހިމެނިފައިވާނެ ކަމަށްވެސް ބުނެފައިވެ އެވެ.

ނަމަވެސް، މި ބިލުތަކަށް 31 ޑިސެމްބަރ 2024 ގެ ނިޔަލަށް ޔޫސޭޖް އަދަދު (ޕްރިންސިޕަލް އަދަދު) ދައްކައި ހަލާސްނުކުރެވޭނަމަ، މި ބިލުތަކުން އެޖަސްޓުކުރެވިފައިވާ ޖޫރިމަނާ އަދަދު އަލުން 1 ޖަނަވަރީ 2025 އިން ފެށިގެން ބިލުތަކުގައި ހިމެނިގެންދާނެ ކަމަށް ސްޓެލްކޯއިން އަންގައިދީފައިވެ އެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް، ސްޓެލްކޯގެ ހޮޓްލައިން 1545 އަށް ގުޅުމަށް ނުވަތަ އީމެއިލް ކުރުމަށް ސްޓެލްކޯއިން އެދިފައިވެ އެވެ.

ސްޓެލްކޯ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ