1.3 ބިލިޔަން ރުފިޔާގެ ޑްރަގްސް އާންމު މާހައުލަށް ދިޔުމުގެ ކުރިން ވަނީ ހުއްޓުވާފައި: އިހުސާން

Advertisement

Advertisement

އެންމެ ފަސް

Advertisement

ބިލިޔަން ރުފިޔާގެ ޑްރަގްސް އާންމު މާހައުލަށް ދިޔުމުގެ ިޔުމުގެ ކުރިން ވަނީ ހުއްޓުވާލެވިފައި ކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ހާމަކުރައްވައިފި އެވެ.

މިނިސްޓަރ މިކަން ހާމަކުރެއްވީ އިއްޔެ ބޭއްވުނު ފުލުހުންގެ 37 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ އިހުސާން ވިދާޅުވީ ފާއިތުވި އަހަރު ތެރޭގައި 300 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ޑްރަގު ވަނީ އިންޓަރސެޕްޓް ކުރެވިފައި ކަމަށެވެ. އަދި ރާއްޖޭގެ ސަރަހައްދުން އަތުލައިގަނެވުނު މަސްތުވާތަކެއްޗާއެކު ޖުމްލަ 1.3 ބިލިއަން ދިވެހި ރުފިޔާގެ ޑްރަގްސް ވަނީ އާންމު މާހައުލަށް ދިޔުމުގެ ކުރިން ހުއްޓުވާލެވިފައި ކަމަށް އެމަނިކުފާނު ހާމަކުރެއްވި އެވެ.

”މިކަންކަމުން ފުލުހުން ވަނީ ނަތީޖާ ދައްކާފައި. ތިކުދިން ތި ގުޅެނީ މިދެންނެވި މަސައްކަތް ކުރަމުން އަންނަ ސަފުތަކާ،“ މިނިސްޓަރ އިހުސާން ވިދާޅުވި އެވެ.

އަލަށް ގުޅުނު ފުލުސް އޮފިސަރުންނާ މުޚާތަބުކުރައްވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ އަޒުމް ވަރުގަދަ ޗެލެންޖެއް ކަމަށެވެ. އަދި މިކަމަކީ ހޯމް ޓީމުގެ ތެރޭގައި ހިމެނޭ އެހެން މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

”މިކަންކަމަކީ ފަސޭހަ ކަންކަމެއް ނޫން. ތިކުދިން މިކަންކަމާ ކުރިމަތިލައިގެން ކުރިއަށް އަޅާ ކޮންމެ ފިޔަވަޅަކީ އޭގައި ހުރަސްތަކެއް ހިމެނޭނެ ފިޔަވަޅުތަކެއް،“ މިނިސްޓަރ އިހުސާން ވިދާޅުވި އެވެ.

މީގެއިތުރުން، މިނިސްޓަރ އިހުސާން ވަނީ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގެ މަރާމާތަށް އިންޑިއާ ސަރުކާރުން 8.5 މިލިއަން ރުފިޔާ ދީފައިވާ ކަމަށްވެސް ހާމަކުރައްވާފަ އެވެ. މި ހިލޭ އެހީއަށް އިންޑިއާ ސަރުކާރަށް ޝުކުރު ދަންނަވަމުން، މިނިސްޓަރ ވިދާޅުވީ މިއީ އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު އޮތް ޚާއްސަ ގުޅުމުގެ ހެއްކެއް ކަމަށެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ