މާރާމާރީއާއި، ތަޅާފޮޅުމާއި، ތަންތަނުގައި ހުޅުޖެހުމަކީ އިދިކޮޅު އެމްޑީޕީގެ ރޫހުތޯ މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ސުވާލު އުފައްދަވައިފި އެވެ.
ނަރީޝް މިހެން ވިދާޅުވެފައިވަނީ، އެމްޑީޕީގެ އާންމު މެންބަރަކު ކުރީގެ ރައީސް މުހައްމަދު އަމީންއަށް ވީގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ވެދާނެ ކަމަށް ބުނި ބުނުމަކީ ނަސޭހަތެއްގެ ގޮތުގައި ބުނި އެއްޗެއް ކަމަށް ވިދާޅުވެ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އެ މެންބަރުގެ ވާހަކަތައް ދިފާއުކުރެއްވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ނަރީޝް ވިދާޅުވެފައިވަނީ ”މާރާމާރީއާއި، ތަޅާފޮޅުމާއި، ތަންތަން ހުޅުޖެހުމާއި ފަސާދައަށް މަގުފަހިވާ މުޖުތަމިއުގެ އަމާންކަން ގެއްލޭ ހަމަ ކޮންމެ ކަމަކަށް ހިއްވަރުދިނުމަކީ އެމްޑީޕީގެ ރޫޙްތޯ؟“ މިފަދައިންނެވެ.
މީގެ އިތުރުން ފައްޔާޒް އިސްމާއިލް އަކީ އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަ ކުރައްވާނެކަން އިއުލާން ކުރައްވާފައިވާ ބޭފުޅެއްކަން ނަރީޝް ފާހަގަ ކުރެއްވި އެވެ.
ވެރިކަމަށް ކުރިމަތިލާނެ ކަމަށް އިއުލާނުކޮށްފައިވާ މީހަކު މިވަރުގެ ވާހަކައެއް ދެއްކީމާ އެނޭގެ ވެރިކަމެއްގައި ގައުމުގެ ރައްޔިތުންގެ ރައްކާތެރިކަން އޮންނާނެ މިންވަރު ކަށަވަރުވޭ!
ނަރީޝްގެ އިތުރުން ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފްއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ސަރުކާރުގެ އިސްވެރިންނާއި އެހެން ޕާޓީތަކުގެ ފަރާތްތަކުންވެސް އަންނަނީ ފައްޔާޒްގެ ވާހަކަތައް ކުށްވެރި ކުރަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަހުމަދު ނަރީޝް އެމްޑީޕީ