ނައިބު ރައީސްގެ ރައްދެއް ފައްޔާޒަށް: ހަމަނުޖެހުމަށް ގޮވާލުމަކީ ޤާނޫނުގެ ވެރިކަމަށް ގޮންޖެހުމެއް

Advertisement

Advertisement

އެންމެ ފަސް

Advertisement

ހަމަނުޖެހުމަށް ގޮވާލުމަކީ ޤާނޫނުގެ ވެރިކަމަށް ގޮންޖެހުމެއް ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

ނައިބު ރައީސް މިހެން ވިދާޅުވެފައިވަނީ، އެމްޑީޕީގެ އާންމު މެންބަރަކު ކުރީގެ ރައީސް މުހައްމަދު އަމީންއަށް ވީގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ވެދާނެ ކަމަށް ބުނި ބުނުމަކީ ނަސޭހަތެއްގެ ގޮތުގައި ބުނި އެއްޗެއް ކަމަށް ވިދާޅުވެ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އެ މެންބަރުގެ ވާހަކަތައް ދިފާއުކުރެއްވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ފައްޔާޒް ވަނީ ”ރައްޔިތުންނަށް ދެރަ ދިނީމާ ހަމަ މުހައްމަދު އަމީންއަށް ހެދިގޮތް ހަދަން ޖެހޭނީ، އެހެން ކޮން ގޮތެއްތޯ ހަދާނީ. އެއީ ދިވެހިރާއްޖޭގެ ތާރީހު ދައްކާފައި އޮތް ހަގީގަތް،“ ކަމަށް ވިދާޅުވެފަ އެވެ.

ނައިބު ރައީސް ވިދާޅުވީ، ”ތާރީޚުން ލިބޭ ފިލާވަޅުތަކުން އަޅުގަނޑުމެންނަށް މަގުދައްކަންވާނީ އެއްބައިވަންތަކަމަށް. އެކަހެރިވުމާއި ހަމަނުޖެހުމުގެ ސަގާފަތެއް އާލާކުރުމަކަށް ނޫން.“ މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، ”ނުބައިކަމަކީ ނުބައިކަމެއް. އިއްޔެވެސް، މިއަދުވެސް އަދި އަބަދުވެސް. ވެރިކަމުން ހިތްވަރު ދޭންވާނީ ސުލްޙައަށް. ބައިބައިވުމަކަށް ނޫން.“

މީގެ އިތުރުން ނައިބު ރައީސް ވަނީ ފައްޔާޒްގެ މި އަމަލަކީ ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް އަދި އިސްލާމީ އަގުތަކާ ޚިލާފު ކަމެއް ކަމަށް ސިފަ ކުރައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފް އެމްޑީޕީ ފައްޔާޒް އިސްމާއިލް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ