ކ. ތުލުސްދޫން ގޯތި ދިނުމުގެ ހުއްދައަށް އެރަށު ކައުންސިލުން ސަރުކާރުގައި އެދިއްޖެއެވެ.
މިކަމަށް ތުލުސްދޫ ކައުންސިލުން އެދިފައިވަނީ ހުރާ ކައުންސިލްގެ އިދާރާގައި މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާ ބައްދަލު ކުރައްވާ ކުރެއްވި މަޝްވަރާތަކުގެ ތެރޭގަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކ. ތުލުސްދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީގެ މެންބަރުންނާއި ބައްދަލުކުރެއްވި މި ބައްދަލުވުމުގައި ރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.
ބައްދަލުވުމުގައި ކައުންސިލުން ވަނީ ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންތައްތައް ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކޮށްފައެވެ. މީގެ ތެރޭގައި ހޮސްޕިޓަލުގެ ބިންގާ އެޅުން އަވަސްކޮށްދިނުމާއި، މަގު ހެދުމާއި، ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ މަގުފަހިކޮށްދިނުމާއި، ރަށުން ގޯތި ދިނުމަށް ސަރުކާރުން ހުއްދަދިނުން ހިމެނެއެވެ. މީގެ އިތުރުން ވޭސްޓް މެނޭޖްމަންޓް ސިސްޓަމްގެ މަސައްކަތް ކުރިއަށްގެންދާނެ މަގުފަހިކޮށްދިނުމަށްވެސް ކައުންސިލުން އެދުނެވެ.
ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ މާލެއަތޮޅު ކާށިދޫގެ ތަރައްޤީއަށް ކުރިޔަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ޙިއްޞާކުރައްވާފައެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީއިންވެސް ވަނީ އެބޭފުޅުންގެ ކަންބޮޑުވުންތައް ޙިއްޞާކޮށްފައެވެ.
ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ވީހާވެސް އަވަހަކަށް ހައްލުކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.