ޓޫރިޒަމް ފުޅާވެފައިވާ ކ. އަތޮޅުގެ ސިއްހީ ހިދުމަތް ތަރައްގީ ކުރުމަށް މަޝްވަރާކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ކ. އަތޮޅަކީ ލޯކަލް ޓޫރިޒަމް ފުޅާ ދާއިރާއެއްގައި ކުރިއަށްދާ އަތޮޅަކަށްވާތީ، އަތޮޅުގެ ރަށްތަކުގައި ޞިއްޙީ ދާއިރާ އިތުރަށް ތަރައްޤީކުރުމަށް އެ އަތޮޅުގެ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާ މަޝްވަރާ ކުރައްވައިފި އެވެ.

ކ. އަތޮޅު ކައުންސިލާ ބައްދަލު ކުރައްވާ ރައީސް މުއިއްޒު މި މަޝްވަރާތައް ކުރިއަށް ގެންދެވީ މިއަދު ކ. ހުރާއަށް ވަޑައިގެން ހުރާ ކައުންސިލް އިދާރާގަ އެވެ.

މި ބައްދަލުވުމުގައި އަތޮޅުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާއި ވަކިވަކި ރަށްރަށަށް ބޭނުންވާ ކަންތައްތައް ކައުންސިލުން ފާހަގަކޮށްފައިވެއެވެ.

ކ. އަތޮޅަކީ ލޯކަލް ޓޫރިޒަމް ފުޅާ ދާއިރާއެއްގައި ކުރިއަށްދާ އަތޮޅަކަށްވާތީ، އަތޮޅުގެ ރަށްތަކުގައި ޞިއްޙީ ދާއިރާ އިތުރަށް ތަރައްޤީކުރުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. އަދި އަތޮޅުގެ ބައެއް ރަށްތައް ގިރަމުންދާތީ، އެކަމަށް އަވަސް ހައްލެއް ހޯދުމަށް ބޭނުންވާކަން ފާހަގަކުރެއްވިއެވެ. މީގެއިތުރުން، އަތޮޅުގެ ފަތުރުވެރިކަމާއި ފަރުމަސްވެރިކަން ކުރިއެރުވުމަށް ބޭނުންވާ ކަންކަން ކައުންސިލުން ޙިއްޞާކުރެއްވިއެވެ. އަދި މާފުށީގައި ޙައްޖު ކޯޕަރޭޝަނުން ހިންގުމަށް ބޭނުންވާ މަޝްރޫޢު ކުރިއަށް ގެންދިއުމަށްވެސް އެދިވަޑައިގެންނެވިއެވެ.

ކ. އަތޮޅު ކައުންސިލުން ވަނީ މި ސަރުކާރުގެ ވަޒީރުންނާ ވާހަކަދެއްކުމަށް ފަސޭހަކަން ފާހަގަކުރައްވައި، އެ ބޭފ އެ ބޭފުޅުން ޒިންމާދާރުކަމާއެކު ރައްޔިތުންނާ ގުޅިގެން މަސައްކަތްކުރައްވާކަން އުފަލާއެކު ފާހަގަކުރައްވާފައެވެ. މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ މާލެ އަތޮޅުގެ ތަރައްޤީއަށް ކުރިޔަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ޙިއްޞާކުރައްވާފައެވެ.

ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެ ކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ