އޮންލައިން ވިޔަފާރި ސްކޭމްތަކަށް ސަމާލުވުމަށް ފުލުހުންގެ މުއައްސަސާއިން އިލްތިމާސްކޮށްފި އެވެ.
މިހާރަކަށް އައިސް އޮންލައިންކޮށް މުދާ ގަތުމަށް ފައިސާ ދެއްކުމުން މުދާ ޑެލިވަރީ ނުކޮށްދޭ މައްސަލަތައް އިތުރުވަމުންދާކަން ފުލުހުން ވަނީ ފާހަގަކޮށްފަ އެވެ. ހާއްސަކޮށް ފޭސްބުކްގައި ހިންގާ ”ހޯމް އާޓް ފަރުނީޗަރ“ ޕޭޖާ ގުޅޭ ފްރޯޑް މައްސަލަތައް ގިނަ އަދަދަކަށް ހުށަހެޅެމުންދާކަން ވަނީ ފާހަގަކޮށްފަ އެވެ.
އެހެންކަމުން، އޮންލައިންކޮށް މުދާ ގަންނައިރު މުދާ އަތަށް ލިބުމުން ނޫނީ ފައިސާ ނުދެއްކެވުމަށާއި ”ހޯމް އާޓް ފަރުނީޗަރ“ ޕޭޖުން މުދާ ގަތުމުގައި ވަރަށް ބޮޑަށް ސަމާލުވުމަށާއި އޮންލައިންކޮށް ވިޔަފާރިކުރައްވާނަމަ އެ ވިޔަފާރިއެއްގެ ސައްހަކަން ކަށަވަރުކުރުމަށް އެ ހިދުމަތުން އިލްތިމާސް ކުރި އެވެ.
މިފަދަ ފްރޯޑް މައްސަލައެއްގެ ޝިކާރައަކަށް ވެއްޖެނަމަ، ލަސްނުކުރައްވައި ދިވެހި ފުލުހުންގެ ހިދުމަތަށް ރިޕޯޓުކުރުމަށް ފުލުހުން އެދިފައި ވެއެެވެ.