މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް ހުށަހެޅި އިސްލާހު ބަލައިގަނެ ކޮމިޓީއަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވައިފި އެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދެވެ.

މިއަދުގެ ޖަލްސާގައި މި ބިލު ބަލައިގަތުމަށް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 57 މެންބަރުންގެ އިއްތިފާގުންނެވެ. އެހެންކަމުން މި ބިލު ދިރާސާ ކުރުމަށް ވަނީ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފަ އެވެ.

މި އިސްލާހު ހުށަހެޅުމުގެ ބޭނުމުގެ ގޮތުގައި ބުނެފައިވަނީ، ރާއްޖޭގައި މަސްތުވާތަކެތިން ވިޔަފާރިކުރުމާއި މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ވިޔަފާރި އިތުރަށް ފުޅާވެ، މަސްތުވާތަކެތި ގެންގުޅެ ބޭނުންކުރާ މިންވަރު އިތުރުވަމުންދާތީއާއި މިކަމާއި ގުޅޭ ކުށްތައް އިތުރުވަމުންދާތީ އެކަންކަން ހުއްޓުވުމަށް ކަމަށެވެ. އެގޮތުން ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ލިބިދޭ ބާރުތައް އިތުރުކުރުމަކީ މި ބިލު ހުށަހެޅުމުގެ ބޭނުމެއްގެ ގޮތުގައި ބުނެފައިވެ އެވެ. މީގެއިތުރުން ފަރުވާނެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ހުށަހަޅަންޖެހޭ އިސްލާހުތައްވެސް ބިލުގައި ފާހަގަ ކޮށްފައިވެ އެވެ.

މި އިސްލާހުގައި ހިމެނޭ މުހިންމު ކަންކަން:

  • ގާނޫނުގެ ދަށުން ކޮންޓްރޯލް ކޮށްފައިވާ މަސްތުވާއެއްޗެހީގެ އިތުރުން އަލަށް ކޮންޓްރޯލް ކުރަންޖެހޭ މަސްތުވާތަކެތި ކޮންޓްރޯލް ކުރެވޭނެ ނިޒާމެއް ތައާރަފުކުރުން
  • މަސްތުވާތަކެއްޗާ ގުޅޭ އިތުރު ކުށާއި އަދަބު ކަނޑައެޅުން
  • މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ދެވޭ ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާކުރުން
  • ޑްރަގު ކޯޓު ހިންގުމުގެ އުސޫލުތަކާއި ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމާގުޅޭ އުސޫލުތައް މުރާޖައާކުރުން
  • މަސްތުވާތަކެއްޗާގުޅޭ ކުށްތައް ހުއްޓުވުމަށްޓަކައި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް އިތުރު ބާރުތައް ލިބިދިނުން
  • ކުށް ކޮށްގެން ހޯދާ މުދާ ހިފެހެއްޓުމާއި އެފަދަ މުދާ ދައުލަތަށް ނެގުމުގެ އުސޫލު މުރާޖާކުރުން
  • އެނޫންވެސް ގާނޫނު ތަންފީޒުކުރުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ގެންނަންޖެހޭ އިސްލާހުތައް ގެނައުން

މި އިސްލާހުގައި ވަނީ، ވަކި ތަނެއްގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ފޯރުކޮށްދިނުމަކީ ކުށެއް ކަމަށް ކަނޑައަޅާފަ އެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރިއަށް ފައިނޭންސްކުރުމަކީ ކުށެއް ކަމަށް ކަނޑައަޅާފައިވެ އެވެ. މި އިސްލާހުގައި ވަނީ ކަސްޓަމްސްގެ އޮފިސަރުންނަށް ލިބިދޭ ބާރުތައްވެސް އިތުރުކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލިސް މަސްތުވާތަކެތި

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ