މަޓާޓޯ އިން އާޓް މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓަރސް (މާޓާޓޯ) އިން، އެ ޖަމްޢިއްޔާގެ އަހަރީ އާޓް މުބާރާތާއި މައުރަޒު، ”ފްރޭމް ބައި މާޓާޓޯ“ ގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި އެވެ.

މަޓާޓޯ އިން ބުނި ގޮތުގައި މިއީ ދިވެހި އުފެއްދުންތެރިންގެ ހުނަރު ފާހަގަކޮށް، ފަތުރުވެރިކަމުގެ ދާއިރާއިން ދިވެހިރާއްޖޭގެ މުއްސަނދި ސަގާފަތް ފަންނުވެރިން ބޭނުންކޮށްގެން ދައްކާލުމަށް ހާއްސަކޮށްގެން ބާއްވާ ހަރަކާތެެކެވެ.

2025 ވަނަ އަހަރުގެ އެޑިޝަންގެ މަޢުޟޫއަކީ ”ދަ މޯލްޑިވިއަން މިސްޓިކް“ އެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައި ވަނީ 10 ޑިސެމްބަރު 2024 އިން 20 ޖަނަވަރީ 2025 އަށެވެ. މި މުބާރާތުގައި ހަތަރު އުމުރުފުރައެއްގެ ފަންނުވެރިންނަށް ބައިވެރިވެވޭނެއެވެ.

ހުށަހެޅޭ ފަންނުވެރިންގެ މަސައްކަތްތަކަށް ފަނޑިޔާރުކަން ކުރަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ މާހިރުން ހިމެނޭ ޕެނަލައަކުންނެވެ. މި ހުށަހެޅުންތަކުގެ ތެރެއިން ކޮންމެ އުމުރުފުރައަކުން 10 މަސައްކަތެއް ޝޯޓްލިސްޓްކޮށް، 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ނެޝަނަލް އާޓް ގެލެރީގައި ބޭއްވުމަށް ހަމަޖެހިފައިވާ މަޓާޓޯގެ އާޓް މައުރަޒުގައި ބައިވެރިކުރާނެ އެވެ.

މާޓާޓޯގެ އާޓް މުބާރާތާއި މައުރަޒު ބާއްވަނީ ފަތުރުވެރިކަމާ ބެހޭ ވުޒާރާ އާއި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން  (އެމްއެމްޕީއާރުސީ)ގެ އިތުރުން ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާ، ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ، ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެންސީއޭ)، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)، މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީ (އެމްއޭސީ)، އަދި ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސެސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް)ގެ އެއްބާރުލުމާއި އެކުގަ އެވެ.

މި މުބާރާތާއިބެހޭ އިތުރު މަޢުލޫމާތު އަދި މަސައްކަތްތައް ހުށަހަޅާނެގޮތުގެ މަޢުލޫމާތު ފްރޭމް ބައި މަޓާޓޯގެ ވެބްސައިޓް އިން ލިބޭނެ ކަމަށް މަޓާޓޯ އިން ބުންޏެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓަސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) ފަތުރުވެރިކަން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ