ކެފޭތަކަށް ވަދެ ތަޅުދަނޑިފޫ ވިއްކާ ފަތުރުވެރިއެއް ހައްޔަރުކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ކެފޭތަކަށް ވަދެ ތަޅުދަނޑިފޫ ވިއްކާ ފަތުރުވެރިއެއް ހައްޔަރުކޮށްފި އެެެވެ.

މޯލްޑިވްސް އިމްގްރޭޭޝަނުން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވަނީ ރާއްޖެއަށް އައިސް ވިޔަފާރީގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ އިތުރުން އާންމު ތަންތަނުގައި ދިރިއުޅެ ނިދާ ފަތުރުވެރިންގެ އާންމު ރިޕޯޓްތައް ލިބިފައިވާ ކަމަށް ބުނެފަ އެވެ.

”ޓީމުން މި މައްސަލައަށް ހައްލެއް ހޯދުމަށް އަވަސް ރައްދެއް ދިނުމުން، އިއްޔެ އެއް ބިދޭސީއަކު ވަނީ ބަންދުކޮށްފަ“

މި މީހާއަކީ ޗައިނާއަށް ނިސްބަތްވާ އުމުރުން 33 އަހަރުގެ އަންހެނެއް ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނަށް ލިބުނު ރިޕޯޓަކާއި ގުޅިގެން އެ އަންހެން މީހާ ހައްޔަރުކޮށްފައިވާއިރު އޭނާއަކީ ޓޫރިސްޓް ވިސާގަައި ރާއްޖެ އެތެރެވުމަށްފަހު ގަވާއިދާ ހިލާފަށް ވިޔަފާރި ކުރާ އަންހެނެކެވެ. މި އަންހެންމީހާއަކީ މަންމަނު މީހެއް ކަމަށް ބުނެ އެވެ. އަދި އޭނާ އާންމުކޮށް ކެފޭ ރެސްޓޯރެންޓްތަކަށް ވަދެ، އިޝާރާތް ބަހުން ވާހަކަދައްކާ ހަދަަ އެވެ. އެ އަންހެންމީހާ ވިއްކާ ހަދަނީ އެއް ޑިޒައިނަކަށް ހުންނަ ތަޅުދަނޑި ފޫތަކެވެ. އޭނާ އޭގެއިން ކޮންމެ އެއްޗެއް ވިއްކަނީ ދަށްވެގެން 100 ރުފިޔާގެ މަގުން ނެވެ. އޭނާ އާންމުކޮށް ހަރަކާތްތެރިވަނީ ހެންވޭރު ސަރަހައްދުގަ އެވެ. އަދި ޕާކް ފަދަ އާންމު ތަންތަނުގައި ނިދާ ހަދަ އެވެ.

ޓޫރިސްޓް ވިސާގައި އެތެރެވާ މިފަދަ މީހުން ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް އުޅޭ މައްސަލަ މީގެ ކުރިންވެސް ފެންމަތިވެ އެވެ.

އިމިގްރޭޝަން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ