ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ މެންބަރުކަމަށް ގ. ނޫރަންފިނި، މަރްޔަމް އިންޝާ ފައިސަލް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
އެންއައިސީގެ މެންބަރުކަމަށް އިންޝާގެ ނަން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވާފައިވަނީ ނޮވެމްބަރު މަހު އެވެ.
މަޖިލީހުގައި މިއަދު ނެގި ވޯޓުގައި މަރްޔަމް އިންޝާ ފައިސަލް އެންއައިސީއަށް އައްޔަނު ކުރުމަށް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 58 މެންބަރުންގެ އިއްތިފާގުންނެވެ.
ގާނޫނީ ދާއިރާއިން ޑިގްރީ ހާސިލުކުރައްވާފައިވާ އިންޝާ ވަނީ މީގެ ކުރިން އެންއައިސީގައި އިންވެސްޓިގޭޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފަ އެވެ.
ނޭޝަނަލް އެންޓަގްރިޓީ ކޮމިޝަން (އެންއައިސީ) ރައްޔިތުންގެ މަޖިލިސް