ހުޅުމާލޭގައި ހަތަރު ބުރީގެ ފަޔާ ސްޓޭޝަނެއް ގާއިމުކުރަނީ

Advertisement

އެންމެ ފަސް

Advertisement

ހުޅުމާލޭގައި ހަތަރު ބުރީގެ ފަޔާ ސްޓޭޝަނެއް ގާއިމް ކުރަން އުޅޭ ކަމަަށް ސަރުކާރުން ބުނެފި އެވެ.

ޒަމާނީ ފެންވަރުގެ މި ފަޔާ ސްޓޭޝަން އެޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ފޭސް 2 ގެ ލޮޓް ނަންބަރު 10 ގެ 22230 ގަ އެވެ. އެއީ ޖުމްލަ 1،738.18 އަކަފޫޓުގެ ބިމެއްގަ އެވެ.

މި މަޝްރޫއުގެ އެންވަޔަރަންމަންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ރިޕޯޓުގައިވާ ގޮތުން އިމާރާތުގެ ގްރައުންޑް ފްލޯގައި އަލިފާން ނިއްވާ އުޅަނދުތަކާއި ސާމާނު ބެހެއްޓުމުގެ އިތުރުން ރިސެޕްޝަނާއި ޔުޓިލިޓީ އޭރިއާތައް ވެސް ހުންނާނެ އެވެ. މަތީ ބުރިތަކުގައި ޑިއުޓީގައި ތިބޭ އިމަޖެންސީ މުވައްޒަފުން އަރާމުކުރުމާއި ކެއުމަށް ބޭނުންކުރާ އިދާރީ އޮފީސްތަކާއި ޑިއުޓީ ރޫމްތައް ހިމެނޭނެ އެވެ.

އީއައިއޭ އިން ދައްކާ ގޮތުގައި މި މަޝްރޫއުގެ ސަބަބުން ތިމާވެށްޓަށް ކުރާނެ އަސަރުތައް ކުޑަކަމަށް ބެލެވެ އެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ހުޅުމާލެ އެމްއެންޑީއެފް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ