ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ހުރާއަށް ވަޑައިގެންނެވުމުން ރަށުގެ ކުދި ބޮޑު އެތައް ބައެއްގެ އިތުރުން އެރަށުގައި ތިބި ގިނަ އަދަދެއްގެ ފަތުރުވެރިންވެސް ބަނދަރު މައްޗަށް ނިކުމެ ހޫނު މަރުޙަބާއެއް ކިޔައިފި އެވެ.
ރައީސް މުއިއްޒުގެ މި ދަތުރުފުޅަކީ އއ. އަދި ކ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގެ ތެރެއިން ކުރެއްވި ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ކެބިނެޓުގެ ބައެއް މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމްވެސް ބައިވެރިވެ ވަޑައިގަންނަވަ އެވެ.
ރައީސަށް މަރުޙަބާ ދެންނެވުމަށް ރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީންވެސް ބަނދަރަށް ނިކުމެވަޑައިގެންނެވި އެވެ. މި ދަތުރުފުޅުގައި ރައީސް މުއިއްޒު ހުރާ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި، ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ރައީސް މުއިއްޒު ދެން ވަޑައިގަންނަވާނީ ކ. ހިންމަފުއްޓަށެވެ. ދެ ދުވަހުގެ މުއްދަތަކަށް ކުރައްވާ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގަންނަވާނީ މިރޭގެ ވަގުތެއްގަ އެވެ.
ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު