އަމަލާއި ބަހުން ތެދުވެރިވުމަށް ރައީސް އެދިވަޑައިގެންފި އެވެ.
ރައީސް މިގޮތަށް އެދިވަޑައިގެންނެވީ މިއަދު ފާހަގަކުރާ ބައިނަލްއަޤުވާމީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ދުވަހުގެ މުނާސަބާއާއި ގުޅުވައިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
މި ޕޯސްޓުގައި ރައީސް ވަނީ ކޮރަޕްޝަނަށް މަގުފަހިވާ ކަމަކަށް އެދިވަޑައިނުގަތުމަށް ގޮވާލައްވާފަ އެވެ. އަދި އެފަދަ ހުށަހެޅުމެއް ލިބިއްޖެނަމަ ގަބޫލުނުކުރުމަށްވެސް ގޮވާލައްވާފަ އެވެ.
އޭގެއިތުރުން ކޮރަޕްޝަންގެ ނުބައި ޢަމަލުގެ ސަބަބުން މުޖުތަމަޢު ފަސާދަކުރުން ހުއްޓުވުމަށް ޢަމަލާއި ބަހުން ތެދުވެރި މަސައްކަތެއްކުރުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ގޮވާލެއްވި އެވެ.
ބައިނަލްއަޤުވާމީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޑިސެންބަރުމަހުގެ 9 ވަނަ ދުވަހު އެވެ.