އެސެސަރުންގެ ޕްރޮފެޝަނަލް ތަރައްގީއަކީ ހުނަރުވެރި ޖީލެއް ބިނާކުރުން: ޑރ. މާރިޔާ

Advertisement

Advertisement

އެންމެ ފަސް

Advertisement

އެސެސަރުންގެ ޕްރޮފެޝަނަލް ތަރައްގީއަށް ކުރާ ހޭދައަކީ ހުނަރުވެރި ޖީލެއް ބިނާކުރުން ކަމަށް މަތީ ތައުލީމާއި ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މިއަދު ހެނދުނު ހ. މީރުމާގައި ބޭއްވުނު މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމް.އެން.އެސް.ޑީ.އޭ) އިން ނޭޝަނަލް އެސެސަރ ޓްރެއިނިންގް ޕްލޭން ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުނެވެ.

މިނިސްޓަރ ވިދާޅުވީ މި ޕްލޭނަކީ ހަމައެކަނި ލިޔުމެއް ނޫންކަމަށާއި، މިހާރު ރަޖިސްޓްރީވެފައިވާ އެސެސަރުންނަށާއި ކުރިމަގުގައި މި ދާއިރާއަށް ވަންނާނެ ފަރާތްތަކަށް ޚާއްޞަކޮށް ފަރުމާކުރެވިފައިވާ ޕްލޭނެއް ކަމަށެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ މި ޕްލޭނުން އަމާޒުކުރަނީ ޤައުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުންތަކުގެ ތެރެއިން އެއް ގޮންޖެހުމަށް ކަމަށެވެ. އެއީ އެކި ދާއިރާތަކުގައި ހުނަރުތައް އިމްތިހާނުކޮށް، ވަޒަންކޮށް، އަދި ސަނަދު ދެވޭނެ ފެންވަރު ރަނގަޅު އެސެސަރުން ހޯދައި ތަރައްޤީކުރުން ކަމަށެވެ.

”މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދުރުވިސްނުމާއި، އަޅުގަނޑުމެންގެ ސަރުކާރުން ހުނަރުވެރި އަދި އަމިއްލަ ފައިމައްޗަށް ތެދުވެވޭ ޖީލެއް ބިނާކުރުމަށް ކުރާ މަސައްކަތުގެ ފުރިހަމަ ނަތީޖާއެއް,“ މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި މިހާރު އެމްއެންއެސްޑީއޭގައި 201 ޤައުމީ އެސެސަރުން ރަޖިސްޓްރީވެފައިވެ އެވެ. އަދި އެސެސްމަންޓް އޮނިގަނޑުގެ ފެންވަރު އިތުރަށް މަތިކުރުމަށްޓަކައި، ފުރިހަމަ ތަމްރީނު މެނުއަލެއް އެކުލަވާލައި، 29 ޓްރެއިނިންގ އޮފް ޓްރެއިނަރުން ތަމްރީނުކުރުމަށް އިންވެސްޓްކޮށްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

މި ޕްލޭނަކީ ވޯލްޑް ބޭންކުގެ އެހީގައި އެކުލަވާލައިފައިވާ ޕްލޭނެކެވެ. މިނިސްޓަރ އޭނާގެ ވާހަކަގައި ވޯލްޑް ބޭންކުން ދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި އެމްއެންއެސްޑީއޭގެ ސީއީއޯ ޑރ. ޒަހްރާ މުޙައްމަދު، މިނިސްޓްރީގެ އިސް ވެރިން، ވޯލްޑް ބޭންކް ޓީމާއި ނޭޝަނަލް އެސެސަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ