ފަނޑިޔާރުން ކަންނެތްވެއްޖެ ކަމަށް ވިދާޅުވެ އައްބާސްގެ ފާޑުކިޔުން

Advertisement

Advertisement

އެންމެ ފަސް

Advertisement

ފަނޑިޔާރުން ކަންނެތްވެފައިވާ ކަމަށާއި، މައްސަލަތައް އަވަހަށް ނިންމުމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ގޮވާލައްވައިފި އެވެ.

މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގެ ބަހުސް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

މި ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން މެންބަރު އައްބާސް ވަނީ ރާއްޖެއަށް ދިމާވެފައިވާ މަސްތިވާތަކެތީގެ މައްސަލަ ހައްލު ކުރުމަށް އިދާރާތައް ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައްވާފަ އެވެ.

ބިލުގެ ބަހުސްގައި ޖުޑިޝަރީގެ ކަންކަމާމެދު ހިތްހަމަނުޖެހުން ފާޅުކުރައްވާ އައްބާސް ވިދާޅުވީ ބޮޑެތި މުސާރައާއި އިނާޔްތްތައް ލިބޭ ފަނޑިޔާރުން ކަންނެތް ވެފައިވާ ކަމަށެވެ. އަދި ފަނޑިޔާރުން ކަންނެތްކަމުން ސަލާމަތްވާންޖެހޭ ކަމަށް ވިދާޅުވި އެވެ.

ފަނޑިޔާރުން ކޮންމެ އަހަރަކު މަސްދުވަހަށް ޗުއްޓީއަށް ދާންޖެހޭތޯ ސުވާލު އުފައްދަވާ އައްބާސް ވަނީ ޗުއްޓީ ނެގުމުގެ ބަދަލުގައި ނުނިމިހުރި މައްސަލަތައް ނިންމުމަށް ގޮވާލައްވާފަ އެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފަ އެވެ.

މި އިސްލާހު ހުށަހެޅުމުގެ ބޭނުމުގެ ގޮތުގައި ބުނެފައިވަނީ، ރާއްޖޭގައި މަސްތުވާތަކެތިން ވިޔަފާރިކުރުމާއި މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ވިޔަފާރި އިތުރަށް ފުޅާވެ، މަސްތުވާތަކެތި ގެންގުޅެ ބޭނުންކުރާ މިންވަރު އިތުރުވަމުންދާތީއާއި މިކަމާއި ގުޅޭ ކުށްތައް އިތުރުވަމުންދާތީ އެކަންކަން ހުއްޓުވުމަށް ކަމަށެވެ. އެގޮތުން ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ލިބިދޭ ބާރުތައް އިތުރުކުރުމަކީ މި ބިލު ހުށަހެޅުމުގެ ބޭނުމެއްގެ ގޮތުގައި ބުނެފައިވެ އެވެ. މީގެއިތުރުން ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ހުށަހަޅަންޖެހޭ އިސްލާހުތައްވެސް ބިލުގައި ފާހަގަ ކޮށްފައިވެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މި އިސްލާހުގެ ބަހުސް މަރުހަލާ ނިންމާލާފަ އެވެ.

ރައްޔިތުންގެ މަޖިލިސް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ