2023 ވަނަ އަހަރުގެ އަދަދު ފަހަނައަޅައި، ޖުމްލަ ފަތުރުވެރިންގެ އަދަދު 1.88 މިލިއަނަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

2023 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިހާރު ފަހަނައަޅައި ގޮސްފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު ފައިސަލް އިބްރާހީމް އިއްޔެ ހާމަކުރައްވައިފި އެވެ.

މިނިސްޓަރު މި މަޢުލޫމާތު ހިއްސާކުރެއްވީ އެކްސް ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

2023 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ 1.87 މިލިއަން ކަމަށްވާއިރު، 2024 ވަނަ އަހަރުގެ މިހާތަނަށް 1.88 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަހަރު ނިމުމަށް އަދިވެސް 23 ދުވަސް ބާކީ އޮތްއިރު، މި މުއްދަތުގައި އެވްރެޖްކޮށް ދުވާލަކު 5،700 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

ޓޫރިޒަމް ޕީކް ސީޒަނަށް ފަތުރުވެރިން އަންނަމުންދާއިރު، 2024 ވަނަ އަހަރު ނިމޭއިރު 2 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް ސަރުކާރުން އަމާޒު ހިފާފައިވާ ކަމަށް މިނިސްޓަރު ފައިސަލް ވިދާޅުވި އެވެ.

އޭގެ ކުރީ އަހަރުގެ އެރައިވަލް ރެކޯޑް ފަހަނައަޅައި ދިއުމާ ގުޅޭގޮތުން މިނިސްޓަރު ފާހަގަކުރެއްވީ މިއީ ފަތުރުވެރިކަމުގެ ސިނާއަތުން ކުރި ބުރަ މަސައްކަތާއި ކެތްތެރިކަމެއް ނެތް މަސައްކަތުގެ ނަތީޖާއެއް ކަމަށެވެ.

މިވަގުތު ރާއްޖޭގެ ޓޫރިޒަމްގެ އެންމެ މުހިންމު ފަސް މާކެޓަކީ ޗައިނާ، ރަޝިޔާ، އިނގިރޭސިވިލާތް، ޖަރުމަނުވިލާތް، އަދި އިޓަލީވިލާތް އެވެ.

މި ކާމިޔާބީއާއެކު، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު އިތުރަށް ކުރިއަރައި ދިއުމަށް މަގުފަހިވެގެންދާނެ އެވެ.

ފަތުރުވެރިކަން ޓުއަރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ