ރާއްޖޭގައި ގަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ 16,841 ބޭރުމީހުންގެ ފިންގަރޕްރިންޓް ނަގާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވެފައިވަނީ އަރިއަތޮޅު އުތުރުބުރިއާއި މާލެ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އއ. މަތިވެރީގައި ބޭއްވެވި ރައްޔިތުންގެ ބައްދަލުވުމުގަ އެވެ. މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެންމެ އަހަރެއްގެ ތެރޭގައި ރާއްޖޭގެ 170 ރަށަކަށް ސަރުކާރުގެ ޓީމުތައް ފޮނުވައިގެން ގަވާއިދާ ޚިލާފަށް އުޅެމުންދާ ބޭރުމީހުން ހޯދާފައިވާ ކަމަށެވެ.
”ނުގަވާއިދުން އުޅޭ 16,841 ބޭރު މީހުންގެ ހުރިހާ ބަޔޯމެޓްރިކްސް، ފިންގަރޕްރިންޓްތައް ނަގައިފިން,“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މިހާރު އެ މީހުންގެ މަޢުލޫމާތު ސަރުކާރުގެ އަތުގައި ހުރި ކަމަށާއި، މިއީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި މިއީ ކުރީގެ އެއްވެސް ސަރުކާރަކުން ކޮށްފައިވާ ކަމެއް ނޫން ކަމަށާއި، 2023 ވަނަ އަހަރުގެ ސަރުކާރުން ވެސް މިފަދަ ކަމެއް ކޮށްފައި ނުވާ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.
މި މަސައްކަތަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް ދިރިއުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ބައެއް އެވެ. މި މަޢުލޫމާތު އެއްކުރުމުން، ކަމާބެހޭ އިދާރާތަކަށް މި މީހުން ދެނެގަތުމަށާއި، ގަވާއިދާ އެއްގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ފަސޭހަވެގެންދާނެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބިދޭސީންގެ މައްސަލަ އއ. މަތިވެރި