އަމާޒަކީ ހަޤީޤީ މާނައިގަ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުން: ރައީސް

Advertisement

Advertisement

އެންމެ ފަސް

Advertisement

މަސްތުވާތަކެތީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

އއ. ރަސްދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން މިދިޔަ އަހަރު އަތުލައިގަނެވުނު މަސްތުވާތަކެތީގެ އަގު 1.3 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި މިދިޔަ އަހަރު 655 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވެ އެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 6 ގުނަ އިތުރު އަދަދެކެވެ. އަދި މިދިޔަ އަހަރު މަސްތުވާތަކެތީގެ ވިޔަފާރީގައި އުޅޭ ކަމަށް ތުހުމަތުކުރެވޭ 153 ބިދޭސީން ހައްޔަރުކުރެވި، 13,435 ތަނެއް ބަލައި ފާސްކުރެވިފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

މި މައްސަލަ ހައްލުކުރުމަށް ޚާއްޞަ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ކަމަށާއި، މި ބިލު ފާސްވުމުން މައްސަލަ ހައްލުކުރުމަށް އިތުރު ބާރުތަކެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މި މައްސަލަ ހައްލުކުރުމަށް ރައްޔިތުންގެ އެއްބާރުލުން މުހިންމު ކަމަށްވެސް ރައީސް ފާހަގަކުރެއްވި އެވެ.

”މި މައްސަލަ ހައްލުކުރުމުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާ އެކީގައި މި މައްސަލަ ހައްލުކުރުމުގައި ދާއިމީ ނަތީޖާ ނެރެވޭނެ އަޅުގަނޑު އެދެނީ ރައްޔިތުންގެ ބައިން ޤައުމު ތަރައްޤީކުރުމަށް ޓަކައި މި ކުރެވޭ މަސައްކަތާއި އެކުގައި އެ ކަންކަމުގެ ބައިވެރިވުމާއެކީގައި މިހެން ހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމުގައި ވެސް އެހީތެރިކަން ދޭން“

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، ޤައުމު ތަރައްޤީކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ރައްޔިތުންގެ ބައިވެރިވުން މުހިންމު ކަމަށާއި، އެންމެން އެކުގައި މަސައްކަތްކޮށްގެން މިފަދަ ބޮޑެތި މައްސަލަތައް ހައްލުކުރެވޭނެ ކަމަށެވެ. އަދި ޙަޤީޤީ ތަރައްޤީއަކީ އިމާރާތްތައް އެޅުމުގެ އިތުރުން މުޖުތަމަޢުގެ މައްސަލަތަކަށް ހައްލު ލިބި، ފިކުރީ ގޮތުން ވެސް ކުރިއެރުން ލިބިގެން ދިއުން ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އއ. ރަސްދޫ މަސްތުވާތަކެތި

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ