ރައީސް ޑރ. މުއިއްޒު އަކީ ރައްޔިތުންގެ ރައީސްއެއް: ހަމްދާން ޝަކީލް

Advertisement

Advertisement

އެންމެ ފަސް

Advertisement

ރައީސް ޑރ. މުހައްމަދު މުއިއްޒު އަކީ ރައްޔިތުންގެ ރައީސްއެއް ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަންގެ (އެފްޑީސީ) މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލް މިއަދު ވިދާޅުވެއްޖެ އެވެ.

ހަމްދާން މިފަދައިން ވިދާޅުވެފައިވަނީ، އއ. ތޮއްޑުއަށް ވަޑައިިގެން ރައީސް ޑރ. މުއިއްޒު މިއަދު ދެއްކެވި ވާހަކަފުޅާ ގުޅޭގޮތުން އޮންލައިން ނޫހަކުން ޝާއިޢުކޮށްފައިވާ ޚަބަރެއް އެކްސްގައި ހިއްސާކުރައްވަމުން ކުރެއްވި ޕޯސްޓެއްގަ އެވެ. އެ ޚަބަރުގައި ބުނެފައިވަނީ އިންތިޚާބުތަކާ ދިމާކޮށް ކުށްވެރިން ޖަލުން ނެރެ މަގުމައްޗަށް ދޫކޮށްނުލާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާ ކަމަށެވެ.

ހަމްދާންގެ ޕޯސްޓުގައި އިތުރަށް ވިދާޅުވެފައިވަނީ ކޮންމެ ކަމެއްގައިވެސް ރައީސް ޑރ. މުޢިއްޒު އިސްކުރައްވަނީ އިންސާފާއި ރައްޔިތުންގެ މަސްލަހަތު އަދި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތްތައް ކަމަށެވެ.

”މިއީ ރައްޔިތުންގެ ސަރުކާރެއް. މިއީ ރައްޔިތުންގެ ރައީސެއް.“ ހަމްދާން ޝަކީލް އޭނާގެ ޕޯސްޓުގައި މިފަދައިން ވިދާޅުވެފައިވެ އެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ކުރީގެ ސަރުކާރުތަކުން އިންތިޚާބުތަކާ ދިމާކޮށް ޖަލުގައި ތިބޭ ކުށްވެރިން އެއްވެސް ރީހެބިލިޓޭޝަނެއް ނެތި މަގުމައްޗަށް ދޫކޮށްލާފައިވާ ކަމަށާއި، އޭގެ ސަބަބުން ނުރައްކާތެރި އަދި އަނިޔާވެރި ކަންތައްތަކެއް ހިނގާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ވެރިކަމަށް އަހަރެއްވެގންދިޔައިރު ދޫކޮށްލާފައިވަނީ ޖުމްލަ 86 މީހުންނެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގެ ތެރޭގައިވެސް މަޖިލިސް އިންތިހާބުވެސް ދިމާވިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އިންތިހާބު ދިމާވިނަމަވެސް ސިޔާސީ ވިސްނުމުގައި ކުށްވެރިންތަކެއް މަގުމައްޗަށް ދޫކޮށްލާފައިނުވާކަމަށް ވިދާޅުވެފަ އެވެ.

ރައީސް މުއިއްޒު ވަނީ ނިމިގެންދިޔަ އެމްޑީޕީގެ ވެރިކަމގައި ޖަލުތަކުން ދޫކޮށްލި ކުށްވެރިންގެ އަދަދުތައްވެސް ވިދާޅުވެފަ އެވެ. އެގޮތުން؛

  • 2023 ވަނަ އަހަރު ރިޔާސީ އިންތިޚާބާ ދިމާކޮށް 429 މީހުން ދޫކޮށްލާފައިވޭ.
  • 2022 ވަނަ އަހަރު 256 މީހުން ދޫކޮށްލައިފައިވޭ.
  • ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް 458 މީހުން ދޫކޮށްލާފައިވޭ.
  • 2019 ވަނަ އަހަރު 762 ކުށްވެރިން ދޫކޮށްލާފައިވޭ

ރައީސް އިތުރަށް ވިދާޅުވީ، ސަރުކާރުން މިހާރު ވަނީ ޖަލުގައި ތިބޭ މީހުންނަށް ރީހެބިލިޓޭޝަން ޕްރޮގްރާމްތަކެއް ފަށާފައި ކަމަށާއި، މި ޕްރޮގްރާމްތަކުގެ ދަށުން ޖަލުގައި ތިބޭ މީހުންނަށް ތަފާތު ހުނަރުތައް ދަސްކޮށްދީ، މުޖުތަމަޢަށް ފައިދާހުރި ގޮތެއްގައި އަނބުރާ ގެނައުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

ހަމްދާން ޝަކީލް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ