އެމްއެންޑީއެފްއާ ފުލުހަށް ހިދުމަތްކުރުން މަޖުބޫރުކުރާ ބިލް ޑްރާފްޓްކުރުމުގެ މަސައްކަތް ފަށައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ނޭޝަނަލް ސާވިސް ބިލް ޑްރާފްޓް ކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އެކްސްގައި ކުުރި ޕޯސްޓެއްގައި ބުނެފައިވަނީ، ކިޔަވަން ނުދާ އަދި ވަޒީފާ އަދާ ނުކުރާ ޒުވާނުން ޤައުމަށް ޚިދުމަތް ކުރުމަށް މަޖުބޫރުކުރާ ބިލް ތަންފީޒު ކުރުމަށްޓަކައި، ޤައުމީ ޚިދުމަތުގެ ބިލް ޑްރާފްޓް ކުރުމަށް އެމްއެންޑީއެފް އާއި ފުލުހުންގެ މަންދޫބުންނާއެކު ބޭއްވި ފުރަތަމަ ބައްދަލުވުން މިއަދު ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

މި މަޝްވަރާތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން، ތަޢުލީމީ ދާއިރާގައި ނުވަތަ ވަޒީފާގެ މައިދާނުގައި ހަރަކާތްތެރިނުވާ ޒުވާނުންނަށް އަމާޒުކޮށްގެން ލާޒިމު ޤައުމީ ޚިދުމަތެއް ތަޢާރަފުކުރުމުގެ މަސައްކަތުގެ ތެރެއިން ފެށިގެންދިޔަ މަޝްވަރާ ބައްދަލުވުންތަކެކެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ، ކޮންމެ އަހަރަކުވެސް އޯލެވެލް ނިންމައި އެކަށީގެންވާ ވަރަށް ފާސްނުވެ އޭ ލެވެލްއާ ހަމައަށް ނުދެވޭ 3000 އެއްހާ ދަރިވަރުން އުޅޭ ކަމަށެވެ. އަދި މިފަދަ ކުދިންނަކީ މަސްތުވާތަކެއްޗާއި އެފަދަ ނޭދެވޭ ޢަމަލުތަކަށް ހުށަހެޅުމުގެ ފުރުސަތު އޮންނަ ކުދިން ކަމަށް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވެފައިވަނީ، 16 އަހަރުގެ ކުދިންނަށް، ޤާނޫނުން ބާރު ލިބިގެން ފުލުހުންގެ ޚިދުމަތަށާއި، އަސްކަރިއްޔާގެ ޚިދުމަތަށް ވަނުމަށް ފުރުސަތުދީ، ތަމްރީނު ދެވިއްޖެނަމަ، އެކަން ވެގެން ދާނީ ޤައުމަށާއި މުޖުތަމަޢުއަށާއި ޢާއިލާތަކަށް ވެސް ފައިދާ ވާނޭ ކަމަކަށް ކަމަށެވެ.

މި ޕްރޮގްރާމް 2025 ވަނަ އަހަރުން ފެށިގެން ކުރިޔަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ 4 ނޮވެންބަރު 2024 ގައި އިރުޝާދު ދެއްވާފަ އެވެ. މީގެ އިތުރުން، ހޯމް މިނިސްޓަރ ޢަލީ އިޙްސާންވެސް ވަނީ ކުށުގެ މާޙައުލަށް ހުށަހެޅޭ ކުދިންނަށް ހޯޕް އައިލެންޑުގައި ރީ އިންޓެގްރޭޓްވުމަށްފަހު ސިފައިންގެ ޚިދުމަތަށް ވެއްދުމުގެ ވާހަކަ ދައްކަވާފަ އެވެ.

އެމްއެންޑީއެފް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ދިވެހި ފުލުހުންގެ ޚިދުމަތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ