މާފަންނު މަދަރުސާގައި ކުރެވުނީ ތަފާތު ތަޖުރިބާއެއް ކަމުގައި ސިޓީސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ އިއްޔެ މާފަންނު މަދަރުސާގެ 40 ވަނަ އަހަރީ ދުވަހާ ގުޅިގެން އޭނާއަށް އެރުވުނު ހަނދާނީ ފިލާއަށް ޝުކުރު އަދާކުރެއްވުމުގެ ގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
މިނިސްޓަރ އާދަމް ޝަރީފް އުމަރު އެ ޕޯސްޓުގައި ވިދާޅުވެފައިވަނީ މާފަންނު މަދަރުސާގެ ދަރިވަރުންގެ ކުރިމަގު ބައްޓަންކުރުމަށްޓަކައި ވަރަށް ތަފާތު ސްޓްރެޓެޖިކް މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ.
”ވަރަށް ގިނަ ކަންކަން ދަސްވި ދުވަސްތަކެއް. އަޅުގަނޑުގެ ހިދުމަތުގެ އަގުވަޒަން ކުރެއްވީތީ އުފާކުރަން“ މިނިސްޓަރ ވިދާޅުވި އެވެ.
މާފަންނު މަދަރުސާގެ 40 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އިއްޔެ ހަވީރު ބޭއްވުނު ޚާއްޞަ އިޙްތިފާލުގައި މިނިސްޓަރ އާދަމް ޝަރީފް އުމަރަށް މި ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހްމާން، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒެވެ. މިއީ މާފަންނު މަދަރުސާގެ އެސިސްޓެންޓް ޕްރިންސިޕަލްކަން 5 އަހަރު ކުރައްވާފައިވާތީ، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން އެރުވުނު ފިލައެކެވެ.
މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވިގޮތުގައި އޭނާ މާފަންނު މަދަރުސާގައި އެސިސްޓެންޓް ޕްރިންސިޕަލްގެ ގޮތުގައި މަސައްކަތްކުރެއްވީ 2000 ވަނަ އަހަރުން ފެށިގެން 2005 ވަނަ އަހަރުގެ ނިޔަލަށެވެ.
މާފަންނު މަދަރުސާގެ 40 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވުނު މި ޚާއްޞަ އިޙްތިފާލުގައި ދައުލަތުގެ ވަޒީރުންނާއި، މާފަންނު މަދަރުސާގެ ގިނަ ޢަދަދެއްގެ ޚިދުމަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިނިސްޓަރު އާދަމް ޝަރީފް އުމަރު މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް