ސްކޫލް ވޮލީބޯޅަ މުބާރާތުން މޮޅުވި ޓީމުތަކަށް މިނިސްޓަރު ފައިސަލް މަރުހަބާ ވިދާޅުވެއްޖެ

Advertisement

Advertisement

އެންމެ ފަސް

Advertisement

އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތް ކާމިޔާބު ކުރި ޓީމުތަކަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މަރުހަބާ ވިދާޅުވެއްޖެ އެވެ.

މި މުބާރާތުގެ ފައިނަލް މެޗުތައް އިއްޔެ ކުޅެ ނިންމާލާފައިވާއިރު ރޭ ވަނީ މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވާފަ އެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައިވެސް ވަނީ މިނިސްޓަރު ފައިސަލް އެވެ.

މިނިސްޓަރު ފައިސަލް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މި މުބާރާތުން މޮޅުވި ޓީމުތަކަށް މަރުހަބާ ވިދާޅުވެފަ އެވެ.

ހުރިހާ ޓީމުތަކުން ވެސް ދައްކުވައިދިން ފާހަގަކޮށްލެވޭ ހުނަރާއި އަޒުމު ވަރަށް ފުރިހަމަ.

މިނިސްޓަރު ފައިސަލް ވަނީ މި މުބާރާތުގެ 19 އަހަރުން ދަށުގެ ފިރިހެން ފައިނަލް މެޗުވެސް ބައްލަވާލައްވާފަ އެވެ.

އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތުގައި ތިން އުމުރު ފުރާއަކުން 6 ޓީމު ވަނީ ރަން މެޑަލް ހޯދާފަ އެވެ. އެގޮތުން 14 އަހަރުން ދަށުގެ އަންހެން ކެޓަގަރީގެ ޗެމްޕިއަންކަން ފީއަލި ސްކޫލުން ހޯދާފައިވަނީ މަޑިފުށި ސްކޫލާ ދެކޮޅަށް ފައިނަލުގައި ވާދަކޮށްގެންނެވެ. އަދި 14 އަހަރުން ދަށުގެ ފިރިހެން ކެޓަގަރީގެ ޗެމްޕިއަންކަން މަޑިފުށި ސްކޫލުން ހޯދާފައިވަނީ ފައިނަލުގައި ކިނޮޅަސް ސްކޫލް ބަލިކުރުމަށް ފަހު އެވެ.

މި މުބާރާތުގެ 16 އަހަރުން ދަށުގެ އަންހެން ކެޓަގަރީގެ ޗެމްޕިއަންކަންވެސް ހޯދާފައިވަނީ ފީއަލި ސްކޫލުންނެވެ. އެ ޓީމުން ޗެމްޕިއަންކަން ހޯދާފައިވަނީ ފައިނަލުގައި ވޭވަށް ސްކޫލް ބަލި ކުރުމަށްފަހު އެވެ. 16 އަހަރުން ދަށުގެ ފިރިހެން ކެޓަގަރީގެ ޗެމްޕިއަންކަން ކުނބުރުދޫ ސްކޫލުން ހޯދީ އދ. އަތޮޅު މަދަރުސާ ބަލި ކުރުމަށް ފަހު އެވެ. މި މެޗަކީ ވަރަށް ފޯރި ގަދަވެގެން ދިޔަ މެޗެއްކަން ފާހަގަކޮށްލެވެ އެވެ.

އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތުގެ 19 އަހަރުން ދަށުގެ އަންހެން ކެޓަގަރީގެ ޗެމްޕިއަންކަން ހޯދާފައިވަނީ، ފައިނަލުގައި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ބަލި ކުރުމަށް ފަހު ފ. އަތޮޅު ތައުލީމީ މަރުކަޒުންނެވެ. މި އުމުރުފުރާގެ ފިރިހެން ކެޓަގަރީގެ ޗެމްޕިއަންކަން ހޯދީ އިހަވަންދޫ ސްކޫލުންނެވެ. އިހަވަންދޫ ސްކޫލުން ފައިނަލުގައި ވާދަކޮށްފައިވަނީ ސީއެޗްއެސްއީ، ހުޅުމާލެ އާއެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ޓުއަރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ