މުސާރަ ނުދޭ ކަމަށް ބުނެ މުލިއާގެ ސަރަހައްދަށް އެއްވި ބިދޭސީންތަކެއް ހައްޔަރުކޮށްފި އެވެ.
މިއަދު ފުލުހުން، މީޑީއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައި ވަނީ، މުލިއާގެ ހިސާބުގައި ހިތްހަމަނުޖެހުން ފާޅުކުރި މައްސަލައާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް އެޓެންޑްވެފައިވާ ކަމަށެވެ.
ފުލުހުން ބުނީ، މުލިއާގެ ދޮށަށް އެއްވީ ކޮން ކުންފުންޏެއްގައި މަސައްކަތްކުރާ ބިދޭސީންތަކެއް ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
މި މައްސަލައިގައި މުލިއާގެ ކައިރިއަށް އެއްވި 55 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.
ފުލުހުން ބުނީ، އޭގެ ތެރޭގައި ހިމެނެނީ އިންޑިއާގެ 38 މީހުންނާއި ބަންގްލަދޭޝްގެ 17 މީހުން ކަމަށެވެ.