ގއ. ދާންދޫ މަގުމަތީގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.
ފުލުހުން މީޑީއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނެފައި ވަނީ، ދާންދޫ ފެނަކަ ބްރާންޗުގެ ހުޅަނގު ފަރާތު މަގުމައްޗަށް އަހުމަދު ވެއްޓިފައި އޮއްވާ ފެނުނީ ހެނދުނު 8:10 ހާއިރު ކަމަށެވެ.
މަރުވެފައި އޮއްވާ ފެނުނީ ދާންދޫ، ނަގަހެލަ، އަހުމަދު އަބްދުﷲ (33އ) އެވެ.
ފުލުހުން ބުނީ، ވެއްޓިފައި އޮތް މީހާ ހެލްތް ސެންޓަރަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހެލްތު ސެންޓަރު މައުލޫމާތުދޭ ކަމަށެވެ.
ފުލުހުންގެ ފޮރެންސިކް ޓީމުން ދަނީ މަރުވެފައި އޮއްވާ މީހާ ފެނުނު ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.