އާޓިފިޝަލް ބީޗް ސަރަހައްދުގައި މާރާމާރީއެއް މިރޭ ހިންގައިފި އެވެ.
ފުލުުހުން ބުނީ މި ހާދިސާ އެ ހިދުމަތަށް ރިޕޯޓްކޮށްފައިވަނީ މިރޭ 06:22 ގައި ކަމަށެވެ. ނަމަވެސް މި މައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން މިހާރު ފުލުހުން ދަނީ ބަލަމުން ނެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ދައްކާ ގޮތުގައި މާރާމާރީ ހިންގާފައިވަނީ ބިދޭސީންތަކެއްގެ މެދުގައި ކަމަށް ބެލެވެ އެވެ.