އޮޑިޓް އޮފީހުން ނެރުނީ ފަޟީހަތް ކުރާ ރިޕޯޓެއް: ހދ. އަތޮޅު ކައުންސިލު

Advertisement

Advertisement

އެންމެ ފަސް

Advertisement

އޮޑިޓް އޮފީހުން އެ ކައުންސިލުން ތައިލޭންޑަށް ކުރި ރަސްމީ ދަތުރާއި ބެހޭގޮތުން ނެރުނީ ފަޟީހަތް ކުރާ ރިޕޯޓެއް ކަމަށް ހދ. އަތޮޅު ކައުންސިލުން ބުނެފި އެވެ.

ކައުންސިލުން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި މިހެން ބުނީ ހދ. އަތޮޅު ކައުންސިލުން މިދިޔަ އަހަރުގެ އޮކްޓޯބަރު 9، އިން 18 ގެ ނިޔަލަށް ތައިލެންޑަށް ކުރި ދަތުރާ ގުޅިގެން އޮޑިޓް އޮފީހުން ނެރުނު ރިޕޯޓަށް އިޝާރާތްކޮށްފަ އެވެ.

މި ބަޔާނުގައި ވަނީ ހދ، އަތޮޅު ކައުންސިލުން ތައިލެންޑަށް ކުރި ދަތުރަކީ އެ ކައުންސިލާއި ތައިލެންޑުގެ އެޑްވާންސްޑް އިންޓަނޭޝަނަލް ޓްރެއިނިން ނެޓްވޯކް (އޭޓީޓީއެން) އާ ގުޅިގެން އަތޮޅު ކައުންސިލުގެ މެންބަރުންނާއި އިސް މުވައްޒަފުންނަށް ހިންގި ”ގުޑް ގަވަނަންސް، ޕަބްލިކް ޕޮލިސީ އަދި ރޫރަލް ޑިވެލޮޕްމަންޓް“ ކެޕޭސިޓީ ޑެވެލޮޕްމަންޓް ޕްރާމުގައި ބައިވެރިވާން ކުރި ދަތުރެއް ކަމަށް ބުނެފަ އެވެ.

އެ ދަތުރާއި ގުޅޭ ގޮތުން އޮޑިޓް އޮފީހުން އާންމު ކޮށްފައިވާ މިދިޔަ އަހަރުގެ ކޮމްޕްލަޔަންސް ރިޕޯޓަކީ މާލިއްޔަތާއި ބެހޭ ސާކިއުލާއާ ”އޮޑިޓާ ޖެނެރަލްގެ މަސްއޫލިއްޔަތާއި“ ހިލާފަށް ތައްޔާރު ކޮށްފައިވާ ރިޕޯޓެއް ކަމަށް ކައުންސިލުން ފާހަގަ ކުރި އެވެ. ކައުންސިލުން ބުނީ ރިޕޯޓުގައި އާންމު ކޮށްފައިވާ ތަމްރީން ޕްރޮގްރާމާ ބެހޭ މައުލޫމާތުތަކަކީ އެ ދަތުރުގެ ޔައުމިއްޔާ އާއި އެހެނިހެން ޑޮކިއުމަންޓްތަކާއި ފޮޓޯތަކާއި އަދި އެ ރިޕޯޓަށް މެނޭޖްމަންޓުން ދީފައިވާ ކޮމެންޓްތަކަށް ރިއާޔަތް ކުރުމެއް ނެތި ހިމަނާފައިވާ މައުލޫމާތުތަކެއް ކަމަށެވެ. އޮޑިޓް އޮފީހުގެ ރިޕޯޓަކީ އޮޑިޓުގެ ޒިންމާގެ ބޭރުން އިދާރީ ދާއިރާގެ ރައްޔިތުންނާއި ލޯކަލް ކައުންސިލްތަކުގެ މެދުގައި ނުތަނަވަސްކަން އުފެދޭ މޭރުމަކުން އާންމު ކޮށްފައިވާ ރިޕޯޓެއް ކަމަށްވެސް ބުނެފައިވެެ އެވެ.

”މިފަދަ ހަގީގަތާއި ހިލާފު މައުލޫމާތު ހިމެނޭ ރިޕޯޓެއް އެކުލަވާލައި އާންމު ރައްޔިތުންނާއި މީޑިއާ އާއި މުޅި ދައުލަތުގެ ކުރިމަތީގައި މި ކައުންސިލު ފަލީހަތްވާ ގޮތަށް އަމަލު ކުރުމަކީ މި ކައުންސިލުން ނުހަނު ކަންބޮޑުވާ ކަމެއް،“ ކައުންސިލުން ބުންޏެވެ.

މަންފާއެއް ނެތް ދަތުރެއްގެ ގޮތުގައި އެދަތުރު ސިފަކޮށް ދިނުމަށް މަސައްކަތް ކުރުމަކީ ވަރަށް ނާތަހުޒީބު އަމަލެއްގެ ގޮތުގައި ކައުންސިލުން ފާހަގަކުރި އެވެ. އެގޮތުން ކައުންސިލުން ބުނީ ތަމްރީނާއި ތަޖުރިބާ ހޯދުމަށް ބަޖެޓުން ކުރެވުނު ހަރަދުތަކުން ނުކުންނަ ނަތީޖާ އާއި ލިބޭ މަންފާ އިގްތިސާދީ ނަޒަރަކުން އެކަނި ވަޒަން ކުރާއިރު އިންސާނީ ތަރައްގީ އަކީ ވެސް ތަހުޒީބުވަމުން އަންނަ ދުނިޔޭގައި ވަޒަން ކުރަން ޖެހޭނެ ކަންކަން ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައި ނެތުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ގޮތުގައި ދެކޭ ކަމަށެވެ.

މީގެއިތުރުން އޮޑިޓާ ޖެނެރަލް އޮފީހުން ނެރޭ ރިޕޯޓުތަކަކީ ގާނޫނާއި ގަވާއިދުތަކާއި ސުލޫކީ މިންގަނޑުތަކަށް ފެތޭ އަދި ޖަވާބުދާރީވަނިވި ގޮތެއްގައި އާންމު ކުރެވޭ ރިޕޯޓުތަކަށް ވާން ޖެހޭ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

 

އޮޑިޓާ ޖެނެރަލް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ