ރައްޔިތުންނަކީ ތަހުޒީބު ބަޔަކަށް ހެދުމަށް ބާރުވެރިކުރުވާނަން: އާދަމް ޝަރީފް

Advertisement

Advertisement

އެންމެ ފަސް

Advertisement

ރައްޔިތުންނަކީ ތަހުޒީބު ބަޔަކަށް ހެދުމަށް ބާރުވެރިކުރުވާނެ ކަމަށް ސިޓީސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މާފުށީގައި ބޭއްވުނު ޔުނާން ހޭންޑް އިން ހޭންޑް ޕްރޮގްރާމް-ސޯލާ ޕަވާޑް ސްޓްރީޓް ލައިޓް ޑޮނޭޝަން ޕްރޮޖެކްޓްގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރައްޔިތުން ބާރުވެރިކުރުވުމަށްޓަކައި ކައުންސިލުތައް މާލީގޮތުން ބާރުވެރިކުރުވުމުގެ މަސައްކަތް ސިޓީސް މިނިސްޓްރީން ކުރަމުންދާ ކަމަށެވެ. އަދި ކައުންސިލުތަކާއި ރައްޔިތުން ބޭނުންވާ ކަންކަން ސަރުކާރުގެ ތެރެއިން ހަމަޖައްސައިދިނުމަށް މިނިސްޓްރީއަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.

”ކައުންސިލުތަކާއި ރައްޔިތުން ގުޅުވައި، ރައްޔިތުންނާއި ސަރުކާރާ ގުޅުވާލުމަށްޓަކައި މިނިސްޓްރީގެ މުވައްޒަފުން ކުރަމުންދާ ހީވާގި މަސައްކަތަށް އަޅުގަނޑު ޝުކުރު އަދާކުރަން،“ މިނިސްޓަރ ވިދާޅުވި އެވެ.

މީގެއިތުރުން، ކުރިއަށް އޮތް ތަނުގައިވެސް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުން ބާރުވެރިކުރުވައި، ކައުންސިލުތައް މާލީގޮތުން ބާރުވެރިކުރުވައިގެން ކުރިއަށްދެވޭ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ބިނާކުރުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް މިނިސްޓަރ ވަޢުދުވެވަޑައިގަތެވެ.

މާފުށްޓާ ބެހޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، މިއަދު މާފުށްޓަކީ ރަނގަޅު އާމްދަނީއެއް ލިބޭ، ހަރުދަނާ ހިންގުމުގެ ނިޒާމެއްގެ ތެރެއިން ވަރަށް ގިނަ މަސައްކަތްތައްކޮށް، އިޤްތިޞާދު ހަރުދަނާ ކުރުމުގެ މަސައްކަތް ކުރާ ޒުވާނުން ތިބި ރަށެއްގެ ގޮތުގައި ފާހަގަކުރެވޭ ކަމަށެވެ.

މީގެ ކުރިން ”ޖަވިޔަނި“ އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރ ވަނީ ކައުންސިލުތަކުން އަމިއްލައަށް އާމްދަނީ ހޯދުމަށްވެސް ހިތްވަރު ދެއްވާފަ އެވެ. އަދި ބިންކުޑަ ރަށްރަށަށް ސަރުކާރުން ޕަމްޕްކޮށްގެންވިޔަސް އެހީތެރިވާނެ ކަމަށްވެސް ވިދާޅުވެފައިވެ އެވެ.

މިނިސްޓަރު އާދަމް ޝަރީފް އުމަރު މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ