ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން ޓު ކޮމްބެޓް ޑެޒާޓިފިކޭޝަން (ޔޫއެންސީސީޑީ ކޮޕް 16) ގައި ބައިވެރިވެވަޑައިގަތުމަށް އެންވާރަމެންޓް މިނިސްޓަރ ޠާރިޤު އިބްރާހީމް ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް އެންވާރަމެންޓް މިނިސްޓްރީ އިން ބުނެފި އެވެ.
”ޖަވިޔަނި“ އަށް މައުލޫމާތު ދެމުން އެންވާރަމެންޓް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ސައުދީ އަރަބިއްޔާގެ ރިޔާދުގައި މިއަހަރު ބާއްވާ ކޮޕް 16 އިވެންޓްގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރ ސައުދީއަށް ޑިސެމްބަރ 8 އިން 11 ގެ ނިލަަށް ވަޑައިގަންނަވާނެ ކަމަށެވެ. ކޮޕް16 ގެ މި އިވެންޓްގައި ދުނިޔޭގެ މިނިސްޓަރ ފެންވަރުގެ އެކި ބޭފުޅުން ބައިވެރިވެވަޑައިގަންނަވަ އެވެ. މިނިސްޓަރ ޠާރިޤު ސައުދީއަށް ވަޑައިގަންނަވަނީ ޔޫއެންސީސީޑީގެ ދައުވަތަކަށެވެ.
ކޮޕް 16 ގައި 9 ޑިސެމްބަރގައި ’“ރީސްޓޯރިން ލޭންޑްސްކޭޕްސް: އެ ގްލޯބަލް އެޓްލެސް ފޯ އީކޯސިސްޓަމް ރެޒިލިއެންސް އެންޑް ލޭންޑް ޑީގްރޭޑޭޝަން ސޮލިއުޝަންސް“ (ރަށްްގިރުމާއި ބިމަށް ލިބޭ ގެއްލުންތަކާއި ދެމެހެއްޓެނިވި އީކޯ ސިސްޓަމްއާއި ބެހޭް) ސައިޑް-އިވެންޓްގައި މިނިސްޓަރ ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައި ވެއެވެ. އަދި ހަމަ އެދުވަހު ”ހީލިން އަވާ ލޭންޑް ތްރޫ ސައިންސް އެންޑް އާތް އިންޓެލިޖެންސް“ ހައި-ލެވެލް އިންޓައެކްޓިވް ޑައިލޮގްގައިވެސް ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައި ވެއެވެ.
ކޮޕް 16 ކޮންފަރެންސް ކުރިއަށް ގެންދަނީ ޑިސެމްބަރ 2- 13 ގެ ނިޔަލަށެވެ. މި ކޮންފަރެންސްގައި ބޮޑަށް އަލިއަޅުވާލާނީ އިންސާނީ ހަރަކާތްތަކުގެ ސަބަބުން ބިމާއި ފަސްގަނޑަށް ލިބޭ ގެއްލުންތަކާއި ގުޅޭގޮތުން ކުރެވޭ މަޝްވަރާތަކަށެވެ.
ރާއްޖެ - ސައުދީ މިނިސްޓަރ ޠާރިޤު އިބްރާހީމް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް