ދުންފަތް ކޮންޓްރޯލްކުރާ ކައުންސިލުތަކަށް ހާއްސަ އިނާޔަތެއް ދެނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ދުންފަތް ކޮންޓްރޯލްކުރުމަށް އެންމެ ރަނގަޅަށް މަސައްކަތްކުރާ ކައުންސިލުތަކަށް ހާއްސަ އިނާޔަތެއް ލިބޭނެ ކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މިއަދު ހެލްތް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. މި ބައްދަލުވުމުގެ މަޤްޞަދަކީ ދުންފަތާ ދެކޮޅަށް ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކާ ބެހޭ ގޮތުން މަޢުލޫމާތު ހިއްސާކުރުމެވެ.

މިނިސްޓަރ ނާޒިމް ވިދާޅުވީ، ދުންފަތާ ދެކޮޅަށް ފަސް އަހަރުގެ އެކްޝަން ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށެވެ. މި ދުރުރާސްތާގެ އެކްޝަން ޕްލޭން އެކުލަވާލާނީ ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ އެހީގައި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މި ޕްލޭންގެ ދަށުން ދުންފަތް ހުއްޓުވުމަށް ޤައުމީ ފެންވަރުގައި ކުރެވޭ މަސައްކަތުގައި ކައުންސިލުތަކަށް ސަރުކާރުން އެހީތެރިވާނެ ކަމަށްވެސް ވިދާޅުވި އެވެ.

”މުޖުތަމަޢުގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި ކައުންސިލްތަކުން އިސްނަގައިގެން ރަށު ފެންވަރުގަޔާއި އަތޮޅު ފެންވަރުގައި ހިންގާ ދުންފަތް ކޮންޓްރޯލް ކުރުމުގެ މަސައްކަތަށް ސަރުކާރުން ނިޒާމްގެ ތެރެއިން އެހީތެރިވަމުން ގެންދާނެ,“ މިނިސްޓަރ ވިދާޅުވި އެވެ.

”އަދި މިގޮތުން އެންމެ ރަނގަޅު މަސައްކަތްތަކެއް ކުރާ ކައުންސިލްތަކަކަށް އެ އިދާރާއިން ހިންގާ ތަރައްޤީގެ މަޝްރޫޢުތަކަށް ސަރުކާރުން ޚާއްޞަ އެހީތެރިކަން ފޯރުކޮށްދިނުމުގެ ނިޒާމް… އަޅުގަނޑުމެން އެކަން ފަހިކޮށްދޭނަން.“

މީގެ އިތުރުން، ސިޒޭޝަން ކްލިނިކްތައް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމްކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ. މި މަޢުލޫމާތުތައް ހިއްސާކުރެއްވުމާއެކު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް އީ-ވޭޕް އެތެރެކޮށް، ވިއްކުން އަދި ބޭނުންކުރުން މަނާކުރައްވާފަ އެވެ.

ދުންފަތުގެ އިސްތިޢުމާލު މަދުކުރުމަށް އިތުރު ފިޔަވަޅެއްގެ ގޮތުން، ސަރުކާރުން ވަނީ ދުންފަތުގެ ސާމާނުތަކުން ނަގާ ޓެކްސް އަދި ޑިއުޓީތައްވެސް ބޮޑުކޮށްފަ އެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން މިހާރު ބާޒާރުގައި ސިނގިރޭޓު ފޮށްޓެއްގެ އަގު އުޅެނީ ގާތްގަނޑަކަށް 265 ރުފިޔާގަ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް މިނިސްޓްރީ އޮފް ހެލްތް ދުންފަތް ކޮންޓްރޯލްކުރުމާއި، ވޭޕް މަނާކުރުން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ