ތުރުކީ ކުންފުންޏަކާއި އެއްކޮށް އިޔާދަކުރަނިވި ހަކަތައިގެ މަޝްވަރާކޮށްފި އެވެ.
މިއަދު ބޭއްވި ބައްދަލުވުމެއްގައި މި މަޝްވަރާ ކޮށްފައިވަނީ ސިޓީސް މިނިސްޓްރީ އިން ނެވެ.
މިނިސްޓްރީ އިން މަޝްވަރާކޮށްފައި ވަނީ ތުރުކީގެ ސޯލާ އެނާޖީ ކުންފުންޏެއް ކަމަށްވާ ކޭންސް އެނާޖީ ގެ މަންދޫބުންނާއެކު އެވެ. ކުންފުނީގެ މަންދޫބުންނާއި ބައްދަލުކުރެއްވީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސް، އާދަމް ޝަރީފް އުމަރެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ކުރިއަށް ގެންދިޔައީ ސޯލާ ޕަވަރ އިން ރަށްރަށުގެ ހަކަތަ ނިޒާމުތަކަށް އިންގިލާބެއް ގެނައުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށެވެ. މަޝްވަރާތަކުގައި ބޮޑަށް އަލިއަޅުވާލާފައިވަނީ ރަށްރަށުގެ ޚާއްޞަ ބޭނުންތަކަށް ސޯލާ އެނާޖީ ސޮލިއުޝަންތައް ބޭނުންކުރެވިދާނެ ގޮތް ގޮތާއި ގުޅޭގޮތުން ނެވެ.
ރާއްޖެ - ތުރުކީ މިނިސްޓަރު އާދަމް ޝަރީފް އުމަރު މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް