ނައީމާ މަރާލި މައްސަލަ: ފަވާޒާއި ދެކޮޅަށް ހެކި ހުށަހަޅައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ނ. މަނަދޫގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު، އެރަށު އަންނާރުމާގޭ ނައީމާ މޫސާގެ މަރުގެ މައްސަލައިގައި ދައުވާކޮށްފައިވާ ނ. މަނަދޫ، ހަސަން ފަވާޒާ ދެކޮޅަށް ދައުލަތުން ހެކި ހުށަހަޅައިފި އެވެ.

ނައީމާ މަރާލި މައްސަލައިގައި ތިން މީހަކަށް ދައުވާ ކޮށްފައިވެ އެވެ. މި މައްސަލައިގައި ދައުވާ ކުރަނީ ފެހިވިލާގެ، ނ. މަނަދޫ، އަހުޒަމް އަބްދުލްޝަކޫރު، ވިނަރެސް، ނ. މަނަދޫ، ހުސައިން ފަވާޒު، އަދި ފިނިފެންމާގެ، ނ. މަނަދޫ، އަބްދުލްވާހިދު ރިފާސްގެ މައްޗަށެވެ.

މި މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި ވަނީ ހަސަން ފަވާޒްގެ ޝަރީއަތް ކުރިއަށްގެންގޮސްފަ އެވެ. މި މައްސަލައިގައި ހަސަން ފަޔާޒްގެ މައްޗަށް ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއާއި އަދުލުއިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ދައުވާއާއި މައްޔިތާގެ ބޭނުން ނަހަމަގޮތުގައި ކުރުމުގެ ދައުވާ އުފުލާފަ އެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ، ފަވާޒަކީ ނައީމާ މަރާލުމުގައި އިސްކޮށް ހަރަކާތްތެރިވި މީހާކަމާއި އެކަންކުރީ ނައީމާ އަކީ ސިހުރު ހަދާ މީހެއްކަމަށް ބުނެކަން ސާބިތު ކުރުމަށް ހެކި ހުށަހަޅާފަ އެވެ. ދައުލަތުން ތުހުމަތުކުރާ ގޮތުގައި ނައީމާ މަރާލުމަށް ރާވައި، ނައީމާ މަރާލުމަށް ރިފާސް އާއި އަހުޒަމް އެތަނަށް ކާރުގައި ގެންގޮސް އަދި ނައީމާ މަރާލުމަށްފަހު އެތަނުން އެ ދެމީހުން ކާރުގައި ގެންގޮސްފައިވަނީ ވެސް ފަވާޒު އެވެ.

ދައުލަތުން ވަނީ މި މައްސަލައިގައި ދެން ދައުވާލިބޭ އަހުޒަމް އަބްދުލްޝަކޫރު އަދި އަބްދުލްވާހިދު ރިފާސް ތަހުގީގަށް ދީފައިވާ އިއުތިރާފު ބަޔާންވެސް ފަވާޒާއި ދެކޮޅަށް ހެއްކެއްގެ ގޮތުގައި ހުށަހަޅާފަ އެވެ. މިއަދުގެ އަޑުއެހުމުގައި ފަވާޒްގެ ފަރާތުންވެސް ދިފާއީ ހެކި ހުށަޅާފައިވެ އެވެ.

މި މައްސަލައިގައި ދައުވާ ލިބޭ އަބްދުލްވާހިދު ރިފާސްގެ ޝަރީއަތުގެ އަޑުއެހުމެއް މިދިޔަ އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައިވެ އެވެ.

މިމައްސަލައިގައި ހިމެނޭ 3 މީހުންވެސް ވަނީ ދައުވާތަކަށް އިންކާރުކޮށްފަ އެވެ.

ނައިމާގެ މަރު ކްރިމިނަލް ކޯޓު ދިވެހި ފުލުހުންގެ ޚިދުމަތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ