މަސްވެރިންގެ ކަންބޮޑުވުންތައް ހައްލުކުރެއްވުމަކީ ރައީސް އެންމެ އިސްކަންދެއްވާ ކަންތައް: ޝިޔާމް

Advertisement

Advertisement

އެންމެ ފަސް

Advertisement

މަސްވެރިންގެ ކަންބޮޑުވުންތައް ހައްލުކުރެއްވުމަކީ ރައީސް އެންމެ އިސްކަންދެއްވާ ކަންތައް ކަމުގައި ފިޝަރީޒް މިނިސްޓަރ އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝިޔާމްް މިގޮތަށް ވިދާޅުވީ ރައީސް، މިއަދުގެ ވަގުތެއްގައި ކެޔޮޅުވެރިންނާއިއެކު ބޭއްވި ބައްދަލުވުމަށް އިޝާރާތްކުރައްވަމުން ނެވެ.

ޝިޔާމްގެ ޕޯސްޓުގައި ވަނީ ރައީސުލް ޖުމްޙޫރިއްޔާއަކީ ދިވެހި ތާރީޚުގައި މަސްވެރި ސިނާޢަތަށް ރިޔާސީ ދައުރެއްގައި އެންމެބޮޑު ޚިދުމަތެއް ކޮށްދެއްވާނެ ރައީސްކަން ޔަޤީން ވަނީ ޒަޢާމަތުގެ ފުރަތަމަ އަހަރު އެކަނި ސިނާޢަތުގެ ތަރައްޤީއަށް ކުރައްވަން ފެއްޓެވި މުހިއްމު ގިނަ މަސައްކަތްޕުޅުތަކުން ކަމަށް ވިދާޅުވެފަ އެވެ.

”ސިނާޢަތުގެ މަސްލަހަތުވެރިންނާ ގާތުން މަސައްކަތްޕުޅު ކުރެއްވުމަށް އަބަދުވެސް ވަރަށް ބޮޑު ސަމާލުކަމެއްދެއްވާ. މަސްވެރިންގެ ކަންބޮޑުވުންތައް ހައްލު ކުރެއްވުމަކީ ރައީސް އެންމެ އިސްކަމެއް ދެއްވާ ކަންތައް“

މިއަދު ހެނދުނު ރައީސް އޮފީހުގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ކެއުޅުން ވަނީ މަސްވެރިކަމުގެ ސިނާޢަތުގައި ރަނގަޅުކުރަންޖެހޭ ކަންކަމާއި، މިހާރު ހުރި ކަންބޮޑުވުންތަކުގެ މައްޗަށް އަލިއަޅުވާލައްވާފަ އެވެ. މީގެ ތެރޭގައި މަހުގެ އަގު ދަށްވުމާއި، ފައިސާއާއި ތެޔޮ ލިބުމުގައި ހުރި ދަތިތަކާއި، މަސްކިރުމުގައި ދިމާވާ ގޮންޖެހުންތައް ހިމެނެ އެވެ. އަދި މީގެ އިތުރުން، މަސްވެރިކަމުގެ ސިނާޢަތް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމާއި، މަސްވެރިކަމުގެ މާކެޓް އިތުރުކޮށް މަހުގެ ފެންވަރު ރަނގަޅުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުންވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ސަރުކާރުން މަސްވެރިންނާއި ކެއުޅުންނާ ގާތުން މަސައްކަތްކޮށް، އެފަރާތްތަކުގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދައިދެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ. އަދި މިއަދުގެ ބައްދަލުވުމުގައި ފާހަގަކުރެވުނު ކަންކަން ސީރިއަސްކޮށް ބައްލަވައި، އަވަސް ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށާއި، މިފަދަ ބައްދަލުވުންތައް އަދި ގިނައިން ބޭއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.

ކެޔޮޅުން ވަނީ ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ކުރައްވާ މަސައްކަތްތައް ކުރިއަށް ގެންދެވުމަށް އެދިވަޑައިގެންފަ އެވެ.

މިނިސްޓަރު އަހްމަދު ޝިޔާމް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ