އޭ.އެމް.އާރް ޤައުމީ އެކްޝަން ޕްލޭނަކީ ޒިންމާތައް ހިއްސާކުރުމުގެ ނަމޫނާއެއް: ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން

Advertisement

Advertisement

އެންމެ ފަސް

Advertisement

އެންޓި މައިކްރޯބިއަލް ރެސިސްޓަންސް (އޭ.އެމް.އާރް)އާއި ގުޅޭ ޤައުމީ އެކްޝަން ޕްލޭނަކީ، ޒިންމާތައް ހިއްސާކުރުމުގެ ނަމޫނާއެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ، މިއަދު ބޭއްވުނު އެންޓި މައިކްރޯބިއަލް ރެސިސްޓަންސާ ގުޅޭ ޤައުމީ އެކްޝަން ޕްލޭން (އޭ.އެމް.އާރް) 2024-2029 އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ، މި އެކްޝަން ޕްލޭނަށް ބޭނުންވާ އެއްބާރުލުން އެކި ދާއިރާތަކުން ދީފައިވަނީ، ޤައުމީ ވިލުންތެރިކަމަށްޓަކައި އެ އެއްބާރުލުން ބޭނުންވާ ބީދައިން ކަމަށެވެ. އަދި މި ޕްލޭންގައި ”ވަން ހެލްތު އެޕްރޯޗް“ ހިމަނާފައިވާކަން ފާހަގަކުރައްވައި، އޭ.އެމް.އާރް ގެ މައްސަލައަށް ޙައްލު ހޯދުމަށްޓަކައި ސިއްޙީ ދާއިރާ، ދަނޑުވެރިކަމުގެ ދާއިރާ އަދި ތިމާވެށި މެނޭޖްކުރުމުގެ ދާއިރާ ގުޅިގެން މަސައްކަތްކުރެވޭނޭކަން ޔަޤީންކޮށްދީފައިވާކަމަށް ވިދާޅުވި އެވެ.

އެކަމަނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކާބޯތަކެތީގެ ރައްކާތެރިކަމާއި ސަލާމަތަށްވެސް އޭ.އެމް.އާރްގެ އަސަރުކުރާނެ އެވެ. ދަނޑުވެރިކަމާއި އެކުއަކަލްޗަރގައި ނަހަމަގޮތުގައި އެންޓިމައިކްރޯބިއަލްސް ބޭނުންކުރާނަމަ، ކާބޯތަކެތީގެ ތެރެއަށް ރެސިސްޓަންޓް ބެކްޓީރިޔާ ވަދެ، ޢާންމު ސިއްޙަތާއި ދުޅަހެޔޮކަމަށް ނުރައްކާވުން އެކަށީގެންވެ އެވެ.

މެޑަމް ސާޖިދާ އިތުރަށް ވިދާޅުވީ، އޭ.އެމް.އާރްގެ މައްސަލަ ޙައްލުކުރުމަކީ ހަމައެކަނި ޢާންމު ސިއްޙަތަށްޓަކައި ކުރާ ކަމެއް ނޫންކަމާއި، އެއީ އިޤްތިޞާދީގޮތުންވެސް ކުރުން ލާޒިމުކަމެއް ކަމަށެވެ. އަދި ”ވަން ހެލްތު އެޕްރޯޗް“ ކާމިޔާބު ކަމާއެކު ތަންފީޒުކުރުމަށް، މި މަސައްކަތުގައި ހިއްސާވާ ހުރިހާ ފަރާތްތަކުން ގުޅުންތައް ޤާއިމުކޮށް، ޢިލްމާއި ވަޞީލަތްތައް ހިއްޞާކޮށް، އީޖާދީ މަސައްކަތްތަކަށް ހިތްވަރުދިނުމުގެ މުހިންމުކަން ފާހަގަކުރެއްވި އެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، 2024 އިން 2029 އަށް ކަނޑައެޅި ނޭޝަނަލް އެކްޝަން ޕްލޭން އޮން އެންޓިމައިކްރޯބިއަލް ރެސިސްޓަންސް (އެން.އޭ.ޕީ އޭ.އެމް.އާރް) ރަސްމީކޮށް އިފްތިތާޙުކޮށްދެއްވާފައެވެ. މި ޕްލޭން އެކުލަވާލާފައިވަނީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ގްލޯބަލް އެކްޝަން ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. އަދި ކުރިން މިރޮނގުން ކޮށްފައިވާ މަސައްކަތްތަކަށް ބާރުދޭގޮތަށް މި ޕްލޭން ފަރުމާކޮށްފައިވާކަން ފާހަގަކުރެވެ އެވެ.

މި އައު ޕްލޭންގެ ދަށުން، ހިންގުން ހަރުދަނާކޮށްގެންނާއި، ޤަވާއިދުތައް ހަރުދަނާކޮށްގެންނާއި، ވިލަރެސްކުރާނޭ ނިޒާމުތައް ޤާއިމުކޮށްގެން، ޖަވާބުދާރީވެވޭނޭ ފަދަ ގޮތަކަށް، އެންޓިމައިކްރޯބިއަލް ރެސިސްޓަންސްގައި ހުރި މައްސަލަތަކަށް ޙައްލު ހޯދަން މަސައްކަތްކުރެވޭނެ އެވެ. މިއީ ރާއްޖޭގެ ސިއްޙީ ދާއިރާއަށް އަދި މުޅި ޤައުމަށް ވެސް ވަރަށް މުހިންމު ފިޔަވަޅެއްކަމަށް ބެލެވެ އެވެ.

މި ރަސްމިއްޔާތުގައި ސިއްޙީ ދާއިރާގެ އިސް ބޭފުޅުންނާއި، ދަނޑުވެރިކަމުގެ ދާއިރާގެ މާހިރުންނާއި، ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާގެ ތަޖުރިބާކާރުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ހުރިހާ ދާއިރާއެއްގެ ގުޅުންތެރި މަސައްކަތަކީ އޭ.އެމް.އާރްގެ މައްސަލަ ހައްލުކުރުމަށް ކޮންމެހެން ބޭނުންވާ ކަމެއްކަން ފާހަގަކުރެވުނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިނިސްޓްރީ އޮފް ހެލްތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ