ކޮމިޝަނާ އޮފް ރިފޯމްސްގެ މަގާމަށް މީހަކު ހޯދަން އިއުލާންކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ފިނޭންސް މިނިސްޓްރީ އިން، އިގްތިސާދީ އިސްލާހުތަކަށް އުފައްދާ އާ އޮފީސް ކަމަށްވާ އިކޮނޮމިކް ރިފޯމް އޮފީހުގައި ކޮމިޝަނާ އޮފް ރިފޯމްގެ މަގާމަށް ކުރިމަތިލުމަށް ފުުރުސަތު ހުޅުވާލައިފި އެވެ.

ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައިވާ ގޮތުން އިކޮނޮމިކް ރިފޯމް އޮފީސް އިސްކޮށް ހުރެ އިގްތިސާދީ އިސްލާހާއި ދައުލަތުގެ ވިޔަފާރި (އެސްއޯއީ) އަދި މާލީ އިސްލާހާ ގުޅޭ މަސައްކަތްތަކަށް ހާއްސަ ވާނެ ކަމަށް ހާމަކޮށްފަ އެވެ.

އެ އިއުލާނުގައި އެއްކަރުދާސްކޮށްފައިވާ ޓާމްސް އޮފް ރެފަރެންސްގައި ކޮމިޝަނަރ އޮފް ރިފޯމްގެ މުހިންމު މަސްއޫލިއްޔަތުތަކާއި ކުރިމަތިލާން ބޭނުންވާ ފަރާތްތަކުގެ ޝަރުތުތަކާއި ތަޖުރިބާތައް ބަޔާންކޮށްފައިވެ އެވެ.

މި މަގާމަށް ކުރިމަތިލާ ފަރާތްތަކުން ޑިސެމްބަރ 8 ވާ އާދީއްތަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން ކަމާބެހޭ ލިޔެކިޔުންތަކާއެކު އީމެއިލް މެދުވެރިކޮށް ފިނޭންސް މިިނިސްޓްރީއަށް އެޕްލިކޭޝަން ހުށަހެޅުމަށް އަންގާފައި ވެއެވެ.

ރާއްޖޭގެ މާލީ ހާލަތު ގޯސްވެފައިވާއިރު، ސިޔާސީ ގޮތުން އައްޔަންކުރާ މީހުންގެ އަދަދު މަދުކުރުމާއި، އާސަންދަ ޕަބްލިކް ހެލްތު އިންޝުއަރެންސް ސްކީމް އިސްލާހުކުރުމާއި، ޓެކްސް ބޮޑުކުރުން ހިމެނޭ ގޮތަށް އެކި ގޮތްގޮތަށް އިސްލާހީ ފިޔަވަޅުތައް އަޅަން ސަރުކާރަށް ވަނީ މަޖުބޫރުވެފަ އެވެ.

ސަރުކާރުން ރާވާފައިވަނީ 2025 ވަނަ އަހަރު އިތުރު މާލީ އިސްލާހުތަކެއް ތައާރަފް ކުރުމަށެވެ.

ރާއްޖޭގައި 2025 ވަނަ އަހަރު ދައްކަންޖެހޭ ގާތްގަނޑަކަށް 600 މިލިއަން ޑޮލަރުގެ ދަރަންޏެއް އޮތްއިރު، 2026 ވަނަ އަހަރު އެއް ބިލިއަން ޑޮލަރަށްވުރެ ގިނަ ޑޮލަރު ދައްކަން ޖެހެ އެވެ. އޭގެ ތެރޭގައި 500 މިލިއަން ޑޮލަރުގެ ސުކޫކެއް ހިމެނެ އެވެ.

މިނިސްޓްރީ އޮފް ފިނޭންސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ