ރިކޯޑް އަދަދަކަށް ވަޒީފާގެ މާހައުލަށް ޒުވާނުން ވަނީ ނެރެފައި: އަސްވާޑް

Advertisement

Advertisement

އެންމެ ފަސް

Advertisement

ނިމިދިޔަ އަހަރުތަކާއި އަޅާބަލާއިރު، ރިކޯޑް އަދަދަކަށް ވަޒީފާގެ މާހައުލަށް ޒުވާނުން ވަނީ ނެރެފައިވާ ކަމަށް މިނިސްޓަރ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްސް، އިބްރާހިމް ވަހީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލިހުގެ އިޖްތިމާއި ކޮމެޓީގައި ކެރިއަރ ގައިޑެންސް ޕްރޮގުރާމްގެ ތެރެއިން ކޮށްފައިވާ މަސައްކަތުގެ މައުލޫމާތު ދެއްވަމުން ނެވެ.

މިނިސްޓަރ ވިދާޅުވީ، އެންމެ މުހިންމު ކަމެއްގެ ގޮތުގައި އެ ވުޒާރާއިން ބަލާފައިވަނީ، ވަޒީފާއަށް ދިވެހި ޒުވާނުން ނެރުން ކަމަށެވެ.

ގިނަ އަދަދަކަށް ކެރިއަރ ގައިޑެންސް ޕްރޮގުރާމްތައް ސަރުކާރުން ހިންގާކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ތެރެއިން 400 އަށްވުރެ ގިނަ ކުދިން ބައިވެރިވެފައިވާ ކަމަށެވެ. އޭގެ ތެރެއިން 200 އަށްވުރެ ގިނަ ކުދިން މިހާރު ތިބީ ވަޒީފާގައި ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މިޕްރޮގްރާމް ހިންގުމަށް ސަރުކާރަށް ބަރޯސާނުވާ ކަމަށާއި އެކި ކުންފުނިތަކާއި ގުޅިގެން މަސައްކަތްތައް ކުރައްވާ ކަމަށް މިނިސްޓަރ ފާހަގަކުރެއްވި އެވެ.

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް (ނެޕް) ޕްރޮގުރާމުގެ މަގުސަދު ތަކުގެ ތެރޭގައި މަސައްކަތްތެރިކަމުގެ ދާއިރާގެ ތަމްރީނު ހޯދުމަށް ޝައުގުވެރިވާ ހުރިހާ އުމުރެއްގެ ދިވެހީންނަށް މަސައްކަތްތެރިކަމުގެ ދާއިރާއިން ސަރުކާރު ގަބޫލުކުރާ ފެންވަރުގެ ތަމްރީނު ހޯދުމުގެ ފުރުޞަތު ފަހިކޮށްދިނުން ހިމެނެ އެވެ.

މީގެ އިތުރުން މި ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް މަސައްކަތްތަކާއި ގުޅޭގޮތުން ނެޝަނަލް ކޮމްޕިޓެންސީ ބޭސްޑް ޓްރެއިނިންގް ސްޓެންޑާރޑް ތަކުގައި ހިމަނާފައިވާ ހުރިހާ ކޮމްޕިޓެންސީއެއް ހާސިލްކުރެވިފައިވޭތޯ ބަލައި، ކަށަވަރުކުރުމަށްފަހު، ތަމްރީން ފުރިހަމަކުރި ކަމުގެ ޤައުމީ ސަނަދު ދޫކުރުން މި ޕްރޮގުރާމުގެ މަގުސަދު ތަކުގެ ތެރޭގައި ހިމެނެ އެވެ.

ހަމައެހެންމެ މަސައްކަތްތެރިކަމުގެ ދާއިރާގައި މިހާރު ހަރަކާތްތެރިވާ ބިދޭސީންގެ އަދަދު މަދުކޮށް، އެވަޒީފާތައް އަދާކުރުމަށް އިތުބާރާއިއެކު، މަސައްކަތްކުރެވޭނެ ފެންވަރުގެ ހުނަރުވެރި ދިވެހި ޒުވާން މަސައްކަތްތެރީންތަކެއް ވަޒީފާގެ ބާޒާރަށް ނެރުން ވެސް މި ޕްރޮގްރާމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެ އެވެ. އަދި ތެދުވެރިކަމާއި، ނަޒާހަތްތެރިކަމާއިއެކު އަމިއްލަ މަސައްކަތުން ދިރިއުޅުމުގެ ހަރަދުބަރަދު ހަމަޖައްސާލެވޭނެ މިންވަރުގެ އާމްދަނީއެއް ހޯދައި، އަބުރުވެރިކަމާއިއެކު ދިރިއުޅެވޭނެމަގު ޒުވާން ދިވެހީންނަށް ފަހިކޮށްދިނުމަކީ ވެސް މިޕްރޮގުރާމުގެ މަގްސަދެކެވެ.

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ތަމްރީނުތައް ކުރިޔަށް ދާނީ މައިގަނޑު 6 ދާއިރާއަކަށް ހާއްސަ ކުރެވިގެން ނެވެ. އޭގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާ، ދަތުރުފަތުރުގެ ދާއިރާ، އިމާރާތްކުރުމުގެ ދާއިރާ، އިޖްތިމާއީ ދާއިރާ، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ، އަދި އިންފޮމޭޝަން، ކޮމިޔުނިކޭޝަން ޓެކްނޮލޮޖީ ދާއިރާ ހިމެނެ އެވެ.

ރައްޔިތުންގެ މަޖިލިސް މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ