ކުރަނީ ދޮގު ތުހުމަތުތަކެއް، އުޅެނީ އަބުރު ގެއްލުވާލަން: މެންބަރު މުސްތަފާ

Advertisement

Advertisement

އެންމެ ފަސް

Advertisement

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސައިން، އޭނާގެ މައްޗަށް ކުރެވޭ މަސްތުވާތަކެއްޗާއި ރޭޕްގެ ތުހުމަތުތައް ދޮގުކޮށް، މިއީ އޭނާގެ އަބުރު ގެއްލުވާލުމަށް ކުރެވޭ މަސައްކަތެއް ކަމަށް ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މުސްތަފާ ވިދާޅުވީ، އޭނާއާ ދެކޮޅަށް ކުރެވޭ މި ތުހުމަތުތަކަކީ އަސާސެއް ނެތް ތުހުމަތުތަކެއް ކަމަށާއި، މަސްތުވާތަކެތީގެ ވިޔަފާރިއާއި ރޭޕްއާ ގުޅުންހުރި އެއްވެސް ޢަމަލެއްގައި އޭނާގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށެވެ.

އަޅުގަނޑު އަބަދުވެސް ދިރިއުޅެމުން އައީ އޭ ލެވެލް ކިޔަވަން ސީއެޗްއެސްއީގައި އުޅުނު އިރު ފެށި އަމިއްލަ ވިޔަފާރިން. މިކަމަށް އަޅުގަނޑު ދަންނަ ގިނަ މީހުން ހެކިވާނެ.

މުސްތަފާ އިތުރަށް ވިދާޅުވީ، މާލޭގައި ބޮޑުވަމުން އައިއިރު، އެހެން މީހުންނެކޭ އެއްފަދައިން، އޭނާއަށްވެސް ފެނިގެން ދިޔައީ ކުށްކުރުމާއި އަނިޔާވެރިކަމުގެ މާޙައުލެއް ކަމަށެވެ. ނަމަވެސް މި ތަޖުރިބާތަކުން އޭނާ ގޯސް މަގަކުން ދިއުމުގެ ބަދަލުގައި، ޒުވާނުންނާއި މުޖުތަމަޢުތަކަށް އުޖާލާ މުސްތަޤުބަލެއް ބިނާކުރުމަށް އޭނާގެ ޢަޒުމް އިތުރަށް ވަރުގަދަވެގެން ދިޔަ ކަމަށް ވިދާޅުވި އެވެ.

މުސްތަފާ ވިދާޅުވީ، އޭނާ މަޖިލިސް މެންބަރުކަމަށް އިންތިޚާބުކުރީ، މުޖުތަމަޢުގައި ފެތުރިފައިވާ ކުށްކުރުމާއި އަނިޔާވެރިކަމުގެ ނޭދެވޭ ސަޤާފަތް ނައްތާލުމަށް އޭނާގެ ވިސްނުމާ އެއްގޮތް ޚިޔާލުތަކެއް ގެންގުޅޭ ރައްޔިތުން ކަމަށެވެ. އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ތާއީދުކުރުމަށް އޭނާ ވަޢުދުވެފައިވަނީ މިކަންކަން ޙައްލުކޮށް، ޤައުމަށް މާނަހުރި ބަދަލެއް ގެނައުމަށް ސަރުކާރުން ކުރާ މަސައްކަތުގައި ކަމަށްވެސް ވިދާޅުވި އެވެ.

”އަޅުގަނޑުގެ އަމާޒަކީ ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތްކުރުން.“ މުސްތަފާ ވިދާޅުވިއެވެ.

މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސައިން މަސްތުވާތަކެތި

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ